ކުރީގެ ރައީސް ނަޝީދު
ހަބަރު
13 Sep 2025 | 23:30
ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރަން ރައީސް ނަޝީދުވެސް ތާއީދުކޮށްފި

ކުރީގެ ރައީސުންނަށްދޭ އިނާޔަތްތައް ކުޑަކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުމަށް ރައީސް ނަޝީދު ތާއީދު ކުރައްވައިފިއެވެ.

މިދިޔަ ބުދަދުވަހު ރައީސް ޑރ.މުއިއްޒު ވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަަމަށް އިއުލާނުކުރައްވާފައެވެ. މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު ސޯޝަލް މީޑިއާގައި މިރޭ ވިދާޅުވެފައިވަނީ، ކުރީގެ ރައީސުންނަށްދޭ ޕެންޝަން ކުޑަކުރުމަކީ އެމަނިކުފާނަށްވެސް ފެންނަ ކަމެއްކަމަށެވެ.

މިވާހަކަ އާއެކު ރައީސް ނަޝީދު ވަނީ އެމަނިކުފާނު އާއްމުކޮށް ވިދާޅުވާ، ޅެންބައިތެއް ހިއްސާކުރައްވާފައެވެ. އެއީ 

"ލިބޭ މިންވަރު ނިކަން ދަނެގެން

ވި ބޭނުންތައް ބަހާލައިގެން

ތިބޭ ނަމައީ ފިކުރުކޮށްގެން

މިބޭޒާރު ނުވެސް ވާނޭ"

ކުރީގެ ރައީސުންނަށްދޭ އިނާޔަތް ކުޑަކުރައްވަން ރައީސް ނަޝީދު ތާއީދުކުރެއްވިއިރު، މިއީ މީގެ ކުރިން ރައީސްކަން ކުރެއްވި ބޭފުޅަކު އިނާޔަތްތައް ކުޑަކުރެއްވުމަށް ތާއީދު ކުރެއްވި ފުރަތަމަ ފަހަރެވެ.

ކުރީގެ ރައީސުންނާއި މަޖިލީހުގެ މެމްބަރުންނަށް ދެމުން އަންނަ އިނާޔަތް ކުޑަކުރެއްވުމަށް ހުށަހެޅުމަށް ނިންމިކަން އިއުލާނުކުރައްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ، ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ގާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދާކަމަށެވެ.

ކުރީގެ ރައީސުންނާއި މަޖިލީސް މެންބަރުންނަށް ދައުލަތުން ބޮޑު ހަރަދެއް ކުރަން ޖެހެ އެވެ. ހާއްސަކޮށް ކުރީގެ ރައީސުންނަށެވެ. އެ ގޮތުން ރައީސުންގެ އިނާޔަތަށް މަހަކު 50,000 ރުފިޔާއާ އޮފީސް ހިންގުމުގެ ހަރަދަށް 175,000 ރުފިޔާ އާއި ދިރިއުޅޭނެ ތަނެއް ހަމަޖެއްސުމަށް މަހަކު 50,000 ރުފިޔާ ދަނީ ދެމުންނެވެ. މީގެ އިތުރުން އެބޭފުޅުންގެ މެޑިކަލް ވެލްފެއާއަށްވެސް ދައުލަތުން ހަރަދުކުރައްވާކަން ފާހަގަކޮށްލެވެއވެެ.

ކޮމެންޓް
ގަލަން
ރައީސް ނަސީދަކީ ޤައުމާދެތެރޭ ވިސްނާ ވެރިއެއް އެހެންވީމަ ރަގަޅު ކަންތަށް ކުރަންޔާ އެކަމަށް ދާއީދު ކުރާނެ
14 Sep 2025
ގުޅޭ ލިޔުންތައް
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ