ގެދޮރުވެރިޔާގެ ފްލެޓްތައް -- ފޮޓޯ: ވޮއިސް
ހަބަރު
14 Sep 2025 | 13:30
ގެދޮރުވެރިޔާ: މިހާތަނަށް 588 މީހަކު ސެކިއުރިޓީ ޑެޕޮސިޓް ދައްކައިފި

ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓްތަކަށް މިހާތަނަށް 588 މީހަކު ސެކިއުރިޓީ ޑެޕޮސިޓް ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނެފިއެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތަކަށް ސެކިއުރީ ޑެޕޮސިޓް ދެއްކުމުގެ ފުރުސަތު މި މަހުގެ ހަތް ވަނަ ދުވަހު ހުޅުވާލާފައިވާއިރު، "ވޮއިސް" އަށް މައުލޫމާތު ދެމުން އެފްޑީސީގެ މިޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް 588 މީހަކު ސެކިއުރިޓީ ޑެޕޮސިޓް ދައްކާފައިވާކަމަށެވެ. އަދި 909 މީހަކު ޑިޕޮސިޓް ފައިސާ ދެއްކުމަށް ތާވަލްކޮށްފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

އެފްޑީސީން މީގެ ކުރިން ބުނެފައިވަނީ، ގެދޮރުވެރިޔާގެ ސްކީމުގެ ފްލެޓްތައް ދިނުމަށް އެންމެ ފުރަތަމަ ހަވާލުކުރާނީ ހުޅުމާލެ ދެވަނަ ފިޔަވަހި ނިރޮޅު މަގު ކައިރީގައިވާ "އަމާން އުދަރެސް"ގެ 14 ވަނަ ޓަވަރުގެ ތަޅުދަނޑިތައް ކަމަށެވެ.

އަދި ތަޅުދަނޑި ހަވާލުކުރާނީ ޓަވަރުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނަން ފޮނުވާފައިވާ މީހުންނަށް ކަމަށާއި، ނިމިފައިވާ ޓަވަރުތަކުގެ ތެރެއިން ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދައްކާ ޓަވަރުތައް ޢާންމުންނަށް ހަވާލުކުރުން ކުރިއަށްދާނެކަމަށް ވެސް އެފްޑީސީން އޭރު ބުންޏެވެ.

ގެދޮރުވެރިޔާގެ ދަށުން ޢިމާރަތްކުރަމުން އަންނަ ފްލެޓްތައް ޢިމާރަތްކުރަނީ އިންޑިޔާގެ ދެ ކުންފުންޏަކުންނެވެ. އެ ފްލެޓްތަކުގައި ދެ ކޮޓަރީގެ އެޕާޓްމެންޓްތަކާއި ތިން ކޮޓަރީގެ އެޕާޓްމެންޓުތައް ހުންނައިރު، ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000 ރުފިޔާއަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގާއިރު، ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން 15،000ރ. ދައްކަން ޖެހެއެވެ.

އަދި ތިން ކޮޓަރީގެ އެޕާޓްމެންޓުތައް 9،500 ރުފިޔާއަށް ދޫކުރާއިރު، މެއިންޓެނެންސް ފީގެ ގޮތުގައި 1،5000 ރުފިޔާ އަދި ސެކިއުރޓީ ޑެޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ސިނަމާލެ ބްރިޖަށް ފައިމަގުގައި އަރާ ބައެއް މީހުން އެއާޕޯޓާއި ހުޅުމާލޭ ކޮޅަށް ދާ މައްސަލަ ބޮޑުވެއްޖެ
ފުލުހުން ބުނީ ބުނީ ސިނަމާލެ ބްރިޖްގެ ވޯކްވޭގައި ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު ހުރަސްކޮށްދާ މީހުންނާމެދު ގަވާއިދުން ފިޔަވަޅު އަޅަމުންގެންދާނޭކަމަށެވެ.
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ