ވެލާނާ އެއާޕޯޓު -- ފޮޓޯ: ވޮއިސް
ހަބަރު
14 Sep 2025 | 14:21
ވެލާނާ އެއާޕޯޓުގެ މައި ޕާކިން ސަރަޙައްދު ވަގުތީ ގޮތުން ހުޅުވާލައިފި

ވެލާނާ އިންޓަނޭޝަނަލަ އެއާޕޯޓު (ވީއައިއޭ)ގެ މައި ޕާކިން ސަރަޙައްދު ވަގުތީ ގޮތުން ޢާންމުކޮށް ހުޅުވާލައިފިއެވެ.

ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލު ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތާ ދިމާކޮށް އެ ޕާކިން ސަރަޙައްދު ބަންދުކުރީ މީގެ ގާތްގަޑަކަށް ދެ މަސް ކުރިންނެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކަށް، ވަކިން ޚާއްސަކޮށް އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެއެވެ.

މިހާރު އެ ޕާކިން ޒޯނު ހުޅުވާފައިވާއިރު، އެނގިފައިވާ ގޮތުގައި އެ ޒޯނު ހުޅުވާފައިވަނީ ވަކި އިންތިޒާމެއްގެ ދަށުން ވަގުތީ ގޮތުންނެވެ. އެކަން އެމްއޭސީއެލް އިން އަންގާފައިވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި ސާކިއުލާއަކުންނެވެ.

އެ ސާކިއުލާގެ ސައްޚަކަން "ވޮއިސް"އަށް ކަށަވަރުކުރެވެފައިވާއިރު، އެ ސާކިއުލާގައި އެމްއޭސީއެލް އިން ބުނީ، ވީއައިއޭގެ އާ ޓާމިނަލްގެ ހުޅަނގު ފަރާތުގައިވާ ސަރަހައްދު ޕާކިން ޒޯނެއްގެ ގޮތުގައި ބޭނުންކުރުމަކީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ގޮތެއް ނޫން ކަމަށް ފެންނާތީ، އެ ސަރަހައްދަށް ބަދަލުތައް ގެނައުމަށް އެއާޕޯޓުގެ މާސްޓާޕްލޭންގައި ހިމަނާފައި ވާނެ ކަމަށެވެ.

ނަމަވެސް އެއާޕޯޓުގެ ޚިދުމަތް ހޯދާ މީހުންނަށާއި އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެހެނިހެން އިދާރާތަކާއި ކުންފުނިތަކުގެ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މި ފެށޭ ހަފުތާއިން ފެށިގެން ވަކި އުސޫލެއްގެ ދަށުން، އާ ޓާމިނަލްގެ ކުރިމަތީގައި ވަކި ސަރަހައްދެއް ޕާކްކުރުމަށް ހަމަޖައްސާފައިވާ ކަމަށް، އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ބުނީ، ވީއައިއޭގެ އިރުމަތީ ސަރަހައްދުގައި ޕާކިން ޒޯން ތަރައްގީކޮށް ނިމުމުން، އާ ޓާމިނަލް ކުރިމަތީގައި ޕާކްކުރުމަށް ވަގުތީގޮތުން ކަނޑައަޅާފައިވާ ސަރަހައްދު އިރުމަތީ ފަރާތަށް ބަދަލުކުރެވޭނެ ކަމަށާއި، މިހާރު ވެސް އިރުމަތީ ފަރާތުގައި ޕާކްކުރާ އުސޫލުން ޕާކްކުރެވޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.