ދިވެހި ކޮންޓެންޓް ކްރިއޭޓަރުންނަށް ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލަން ތައްޔާރުވެއްޖެ އެވެ.

އެ ނިންމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވަނީ އިއުލާނު ކުރައްވާފަ އެވެ. މިއީ ރައީސްގެ ރިޔާސީ މެނިފެސްޓޯގައިވެސް ހިމެނޭ ކަމެކެވެ.

ރައީސް މިރޭ ވިދާޅުވީ ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލަން ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް ވަނީ ގޮސްފައި ކަމަށެވެ.

އަދި ވިދާޅުވީ މި ލޯން ސްކީމް ގެ މަގްސަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށެވެ.

މީގެތެރޭގައި މީޑިއާ ކޮންޓެންޓާއި އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަނާއި އެންޓަރޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ހާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް މި ސްކީމް ޑިޒައިން ކުރުމަށް އަންގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިޔަށް ދެ ހަފްތާ ތެރޭގައި އެ ސްކީމަށް ހުޅުވާލަން އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް