ސަރުކާރުގެ ގިނަ ވުޒާރާއެއް ހިންގާ ވެލާނާ ބިލްޑިން -- ފޮޓޯ: ވޮއިސް
ހަބަރު
15 Sep 2025 | 11:36
ސިވިލް ސާވިސްގެ ވަޒީފާތަކަށް މޫނު ބުރުގާ އަޅައިގެން މަސައްކަތްކުރެވޭ ގޮތަށް ޤަވާއިދު އިސްލާޙުކޮށްފި

ސިވިލް ސާވިސްގެ ވަޒީފާތަކަށް މޫނު ބުރުގާ އަޅައިގެން މަސައްކަތްނުކުރެވޭ ގޮތަށް ޤަވާއިދުގައި އޮތް އޮތުން އިސްލާޙުކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ޢާންމުކުރި ސިވިލް ސާވިސްގެ ޤަވާއިދުގެ 13 ވަނަ އިސްލާޙުގައި ބުނާ ގޮތުން، ކުރިން އެ ޤަވާއިދުގެ 145 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުޢާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހުން"ގެ ބައި ވަނީ އުވާލާފައެވެ.

އެގޮތުން މީގެ ކުރިން އެ ޤަވާއިދުގެ 145 ވަނަ މާއްދާގައިވަނީ:

- ސިވިލް ސަރވިސްގެ ކޮންމެ ޚިދުމަތަކީވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ޚިދުމަތަކަށްވެފައި ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުޢާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތ،ީ ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައެވެ.

ނަމަވެސް އިއްޔެ ނެރުނު ޤަވާއިދުގައި އެ މާއްދާ އިސްލާޙުކޮށްވަނީ، ސިވިލް ސާވިސްގެ މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށާއި، އެ ޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއ،ި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެ ކަމަށް އިސްލާޙުކޮށްފައެވެ.

އަދި އެ ޤަވާއިދުގެ 188-1ގެ (ބ)ގެ ފަހަތަށް އިތުރު އަކުރުތަކެއް ވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ޚާއްސަ ސިއްޚީ ބޭނުންތަކަށް ދެވޭ ޗުއްޓީގެ މާއްދާއަށް ވަނީ، އެ މުވައްޒަފަކު ޝަރުޢީ ގޮތުން ބަލަންޖެހިފައިވާ މީހަކީ ޓާމިނަލް އިލްނެސްއެއް ނުވަތަ ކްރޮނިކް ކޮންޑިޝަނެއް ތަޙައްމަލުކުރާ ފަރާތަކަށް ވާނަމަ އެ މުވައްޒަފަކަށް 30 ދުވަހުގެ "ޚާއްސަ ސިއްޚީ ބޭނުންތަކަށް ދެވޭ ޗުއްޓީ" އެއް ދެވޭނެ ކަން ވަނީ އިތުރުކޮށްފައެވެ. 

އަދި އެ މާއްދާގައި އިތުރަށް ވަނީ އެ ޗުއްޓީ ދެވޭނެ އުސޫލުތައް ވެސް ހިމަނާފައެވެ.

ސިވިލް ސާވިސްގެ ވަޒީފާތަކަށް މޫނު ބުރުގާ އަޅައިގެން މަސައްކަތްނުކުރެވޭ ގޮތަށް ޤަވާއިދަށް ގެނައި އިސްލާޙާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. 

ކޮމެންޓް
އަސީ
ކުރިންވެސް ކުރެވޭ
15 Sep 2025
ގުޅޭ ލިޔުންތައް
27 Sep 2026
ނައިބު ރައީސް ނިއުޔޯކް އަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވައިފި
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މި ދަތުރުފުޅުގައި ޤައުމީ ބަޔާން އިއްވަވައި ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު އެ ޤައުމަކަށް ލިބިގެންވާކަން ފާހަގަކުރެއްވިއެވެ. ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ވިދާޅުވަމުން 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
27 Sep 2026
ގޭންގުތަކަށް ނިސްބަތްވާ ދިހަ ލީޑަރެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން، ހަރުކަށި ފިޔަވަޅު އެޅޭނެ: ވަޒީރު
“ދިހަ ގޭންގު ލީޑަރެއްގެ މައްސަލަ މިދިޔަ ޖޫން މަހުން ފެށިގެން އަޅުގަނޑުމެން އެބަ ގެންދަން ތަހުގީގު ކުރަމުން،” ވަޒީރު ވިދާޅުވި އެވެ.
27 Sep 2026
ލިބުނު ފައިސާއަކުން ސާވިސް ޗާޖު ދޭން ލާޒިމުކުރާ ބިލް އަވަސް ކުރުމަށް އެދިއްޖެ
މި ބިލަކީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަޒީފާއާ ބެހޭ ޤާނޫނުގެ 52 ވަނަ މާއްދާ އިޞްލާޙުކުރުމަށް ހުށަހެޅުއްވި ބިލެކެވެ. އެ އިޞްލާޙުގައި ބުނެފައިވަނީ ސާވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭންޖެހޭނީ އެ ފައިސާ ލިބުނު ކަރަންސީއަކުން ކަމަށެވެ. ނަމަވެސް, ކޮމިޓީ މަރުހަލާގައި މި ބިލް އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
27 Sep 2026
ރާއްޖޭގެ އޭއައި ޕްރޮސިކިއުޝަން އޮނިގަނޑު ދުނިޔެއަށް ހިލޭ ދޫކުރަނީ
އެމަނިކުފާނު މިކަން ހާމަކުރެއްވީ އަބޫދާބީގައި ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ އެންސިލަރީ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުންނެވެ. އެ ބައްދަލުވުމުގައި ޕީޖީ ވަނީ 2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަށް އަލިއަޅުއްވާލައްވާފައެވެ.
27 Sep 2026
ހަޔަރ އެޑިއުކޭޝަނުން އެޕެއް ހަދަން 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި، އެޕް ވުޖޫދުގަވެސް ނެތް
މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 2021 ވަނަ އަހަރުގައި ސޮއިކޮށް، އެ މަސައްކަތް 12 ފަހަރެއްގެ މަތިން އިތުރުކޮށްދީފައިވެއެވެ. އެގޮތުން އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށްފަހު، އެންމެ ފަހުން މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 23 އޮކްޓޫބަރު 2022 އެވެ
27 Sep 2026
އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ކަނޑުގެ ލަޝްކަރުގެ ސިޔާސީ ކަންކަމާ ބެހޭ ނައިބު ޢަލީ މުޙައްމަދީ ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ގޮތުން އެމެރިކާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
27 Sep 2026
ކޭޕާކް އެޕާޓްމަންޓް ގަތް ފަރާތްތަކުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް
ގެއްލުން ލިބުނު މީހުންގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ޙަރަކާތްތެރިވާ އެޑްވޮކެސީ ޗެމްބާޒްގެ ވަކީލް ހަސަން ފަލާހު ބުނީ ކޯޓަށް ދިޔަ ނަމަވެސް ރައްޔިތުންނަށް ލިބުނު ގެއްލުމަށް ދައުލަތުގެ ފަރާތުން އަވަސް ހައްލެއް ލިބުން އެއީ އެންމެ ބޮޑު އެދުން ކަމަށެވެ. އެގޮތުން، ޔުނިޓް ގަތް ފަރާތްތަކުން ހުށަހެޅި އެއްވެސް ޝަކުވާއަކަށް މިހާތަނަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އެ ލޯ ފާމުން ފާހަގަކޮށްފައިވެއެވެ.
27 Sep 2026
ކޮލެޖުތައް ޔުނިވާސިޓީތަކައް ބަދަލުކުރެވޭ ގޮތް ހަދައިފި
ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ މި ގަވައިދުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކުގެ އިތުރުން ބޭރު ޤައުމުތަކުގައި މަދުވެގެން 10 އަހަރު ވެފައިވާ އެ ޤައުމުތަކުގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީތައް ވެސް ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭނެއެވެ.