ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ހަބަރު
16 Sep 2025 | 13:05
މީޑިއާ ބިލް މަޖިލީހުން ބޭރުކޮށްދެއްވުމަށް ރައީސް ސޯލިހު އިލްތިމާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް މީޑިއާ ރެގިއުލޭޓްކުރުމުގެ ބިލް ތަޅުމުން ބޭރުކޮށްދެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު މީޑިއާ ރެގިއުލޭޓުކުރާ ބިލް ފާސްކުރާނޭކަމަށް ބެލެވިފައިާ މި ދަނޑުވަޅުގައި ބައެއް ނޫސްވެރިންނާއި އެނޫންވެސް ފަރާތްތަކުން ދަނީ ރައްޔިތުން މަޖިލީސް ކުރާ ގޭ ސަރަހައްދުގައި އިހްތިޖާޖުކުރަމުންނެވެ.

މިކަމާ ގުޅުވައިގެން ރައީސް ސޯލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ތައްޔާރުވަމުންދާ މީޑިއާ ކޮންޓްރޯލު ބިލުގައި ނޫސްވެރިންގެ ގިނަ ކޮންބޮޑުވުންތަކެއް ހުރިކަން އެދަނީ މިހާރުވެސް ފާޅުކުރަމުންކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ އެމަނިކްފާނުގެ އިލްތިމާސަކީ ނޫސްވެރިންގެ އެ ކަންބޮޑުވުންތައް އަޑުއައްސަވާ މި ބިލު މަޖިލީހުން ބޭރުކޮށްދެއްވުންކަމަށެވެ.

މަޖިލީހުގެ ތަޅުމުން ބިލް ބޭރުކޮށްދެއްވުމަށް ރައީސް ސޯލިހް ސަރުކާރަށް ގޮވާލެއްވިއިރު، އެމަނިކްފާނު ވަނީ މީގެ ކުރިންވެސް މީޑިއާ ބިލާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. އެގޮތުން ސަރުކާރުން މީޑިއާބިލް ހުށަހެޅީ ނޫސްވެރިންކަން މަރާލުމަށްކަމަށް އެމަނިކްފާނު ވަނީ ސިފަކުރައްވާފައެވެ.

ރައީސް ސޯލިހް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީންވެސް ވަނީ ބިލް ބޭރުކުރުމަށް ގޮވާލާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ މީޑިއާ ބިލް ފާސްކުރަން އެްބާރުލުން ނުދޭނޭކަމަށެވެ.

އިދިކޮޅު ފަރާތްތަކުންނާއި ބައެއް ނޫސްވެރިން މީޑިއާ ބިލާ ދެކޮޅަށް ނިކުތްނަމަވެސް ސަރުކާރުން ބުނެފައިވަނީ، ބިލުގައި މީޑިއާތަކަށް ނުރައްކަލެއް ނެތްކަމަށެވެ. އެގޮތުން ހަގީގީ ނޫސްވެރިކަމަށް ބިލުން ހުރަސް ނާޅާނޭކަމަށް ސަރުކާރުގެ އިތުރުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އަންނަ އަހަރުން ފެށިގެން އައި.އެމް.އެފް ގެ ޕްރޮގްރާމުން ސްރީލަންކާ ވަކިވަނީ
ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެޤައުމުން އަންނަނީ ވަރލްޑް ބޭންކާއި އައިއެމްއެފުން ހުށަހެޅި ކަންތައްތައް ފުރިހަމަ ކުރަމުންނެވެ.
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.