ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް -- ފޮޓޯ: މަޖިލިސް
ހަބަރު
16 Sep 2025 | 19:16
ކޮމެޓީގައި ނޫސްވެރީން އަޑުގަދަކުރި މައްސަލައާ ގުޅިގެން ގަވާއިދު އިސްލާހު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ނޫސްވެރީން އަޑުގަދަކުރި މައްސަލައާ ގުޅިގެން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން ނިންމައިފި އެވެ.

މިރޭ ފާސްކުރި މީޑިއާ ބިލް ދިރާސާކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ކުރިއިރު އެ ކޮމެޓީން ބޭއްވި ބައްދަލްވުމެއްގައި ވަރަށް ބޮޑަށް ހަމަނުޖެހުން ހިނގި އެވެ. ކޮމެޓީ ބައްދަލްވުން ސިއްރުކުރަން ނިންމުމުން ބައެއް ނޫސްވެރީން ވަނީ އަޑުގަދަކޮށްފަ އެވެ. ނޫސްވެރީން ގަދަކަމުން ނެެރެން އުޅުމުގެ ތެރޭގައި ހަމަނުޖެހުން ހިނގި އެވެ.

މަޖިލީހުގެ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ އެ ދުވަހު ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ތައްޔާރުކޮށްފައިވާ ރިޕޯޓެއް މަޖިލީހުގެ ރިޔާސަތަށް ލިބިފައިވާ ކަމަށެވެ. އެހެން ކަމުން އެ ރިޕޯޓް ރިޔާސަތުން އާންމު ކޮމެޓީއަށް ފޮނުވަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އެއީ މަޖިލީހުގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުުރުމުގެ ފުރުސަތު ނުދިނުމަށާއި މެންބަރުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ދެން ކަމެއް ވުމުގެ ފުރުސަތު ނުދިނުމަށް ކަމަށް ނާޒިމް ވިދާޅުވި އެެވެ.

އޭގެ އިތުރުން މެހެމާނުން ގޮތުގައި މަޖިލީހަށް ހާޒިރުވާ މީހުން އަމަލު ކުރާނެ ގޮތްތަކެއް ކަނޑައަޅާ އެ އުސޫލާއި ހިލާފުވެއްޖެނަމަ އެޅޭނެ ފިޔަވަޅުތައް ކަނޑައެޅުމަކީވެސް ބޭނުމެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި