މިއަދު ބޭއްވި އަލީބާބާ ވޯކްޝޮޕްގެ ތެރެއިން -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ވިޔަފާރި
17 Sep 2025 | 13:19
އަލީބާބާ ވޯކްޝޮޕްގެ ސަޕޯޓިން ޕާޓްނަރެއްގެ ގޮތުގައި އުރީދޫ

މިއަދު ބޭއްވި އަލީބާބާ ވޯކްޝޮޕްގެ ސަޕޯޓިން ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ބައިވެރިވެއްޖެއެވެ.

ބާސެލޯ ނަސަންދުރަ މާލޭގައި ބޭއްވި އަދި އޮންލައިންކޮށް މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވި މި ވޯކްޝޮޕުގައި، އަލީބާބާ.ކޮމް އަދި އެހެނިހެން އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް ބައިނަލްއަޤްވާމީ މާކެޓްތަކަށް ވާސިލުވުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި، ވަސީލަތްތަކާއި އަދި ސްޓްރެޓެޖީތައް ރާއްޖޭގެ ވިޔަފާރިތަކަށް ފޯރުކޮށްދެވުނެވެ.

އުރީދޫން ބުނި ގޮތުގައި، އެފަދަ ވޯކްޝޮޕްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ތެރެއިން، ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަގްވާމީ ދުނިޔޭގެ ދޮރުތައް ހުޅުވި، އެ ފަރާތްތަކުގެ ޚާއްޞަ އުފެއްދުންތައް ދުނިޔެއަށް ފޯރުކޮށްދިނުމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަކީ އެ ކުންފުނިން އެ ހަރަކާތަށް އެހީތެރިވުމުގެ މަޤްސަދެވެ، 

އަދި މިކަމަކީ، އޮންލައިން ވިޔަފާރީގެ ފުރުޞަތުތައް އިތުރުކޮށް، އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ފޯރުކޮށްދެވޭ އެއްބާރުލުމުގެ މުހިންމު ފިޔަވަޅެއް ކަމަށް ދެކޭ ކަމަށް ވެސް އެކުންފުނިން ބުންޏެވެ. 

އުރީދޫން ބުނި ގޮތުގައި، އެކަމުގެ މުހިންމު ޕާޓްނަރެއްގެ ގޮތުގައި، ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ޙައްލުތަކާއި ޕާޓްނަޝިޕްތައް މެދުވެރިކޮށް، ދުނިޔޭގެ ޑިޖިޓަލް މާކެޓްޕްލޭސްގައި ކުރިއެރުން ހޯދުމަށް ރާއްޖޭގެ ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އުރީދޫން ބުންޏެވެ. 

މިއަދު ބޭއްވި ވޯކްޝޮޕަކީ ދުނިޔޭގެ އީ-ކޮމާސްގެ ދާއިރާގެ އެންމެ ކުރީސަފުގައި ހިމެނޭ އަލީބާބާއިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ގުޅިގެން ބޭއްވި ވޯކްޝޮޕެކެވެ. މި ވޯކްޝޮޕުގައި 260 އަށްވުރެ ގިނަ ދިވެހި ވިޔަފާރިވެރިން ބައިވެރިވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.