ނޭޝަނަލް ޕޮލިސީ އޮން އޭޖިންގް ލޯންޗްކުރުމުގެ ތެރެއިން...
ހަބަރު
18 Sep 2025 | 21:48
އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުމާގުޅޭ އޮނިގަނޑެއް ތައާރަފްކޮށްފި

އާއިލާއާ ބެހޭ ވުޒާރާއިން ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް (ޔުނެސްކެޕް) ގުޅިގެން އުމުރުން ދުވަސްވީ މީހުންގެ ދުޅަހެޔޮކަމާއި ކަރާމާތާއި އިޖުތިމާޢީ ގުޅުންތައް ހަރުދަނާކުރުމަށް ޚާއްސަ އޮނިގަނޑެއް އިފްތިތާހްކޮށްފިއެވެ.

ނޭޝަނަލް ޕޮލިސީ އޮން އޭޖިންގް ނަމުގައި މި ޕޮލިސީ ލޯންޗުކޮށްދެއްވާފައިވަނީ ޔުނައިޓަޑް ނޭޝަންސް ރެސިޑެންޓް ކޯޑިނޭޓަރ ޓު ދަ ރިޕަބްލިކް އޮފް މޯލްޑިވްސް، މރ. ހާއު ޖަންގ އެވެ.

އާއިލާއާ ބެހޭ ވުޒާރާއިން ބުނީ ނެޝަނަލް ޕޮލިސީ އޮން އޭޖިންގައި ހިމެނޭ މުހިންމު ބައެއް ސިޔާސަތުތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް، އެމީހުންގެ އުމުރާ އެކަށީގެންވާ، ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާއާއި ދިގު މުއްދަތުގެ ފަރުވާގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރުކުރުމާއި، އަދި އެފަރާތްތަކަށް ދިގުމުއްދަތައް ދެމިގެންދާ ތަޢުލީމާއި ހުނަރު ތަރައްޤީކުރުމުގެ މަގު ތަނަވަސްކޮށްދިނުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަކީ މާލީ ގޮތުން ފުދުންތެރި ބައެއްކަން ކަށަވަރުކުރުމަށް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި، ޕެންޝަންތަކާއި، އިޤްތިޞާދީ ގޮތުން ބައިވެރިވުމުގެ ފުރުޞަތުތައް ހިމެނޭގޮތަށް އާމްދަނީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށް ފުޅާކުރުމަކީ ވެސް މި ޕޮލިސީގައި ހިމެނޭ މުހިންމު ސިޔާސަތުތަކެވެ.

ނޭޝަނަލް ޕޮލިސީ އޮން އޭޖިންގް ލޯންޗްކުރުމުގެ ތެރެއިން...

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ މި ޕްލޭން ތަންފީޒްކުރެވުމުން އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް އިތުރަށް ރައްކާތެރިކުރުމަށް ބާރު އަޅާ، އެފަރާތްތަކަށް ދުޅަހެޔޮ ޞިއްޙަތެއް ކަށަވަރުކޮށްދީ, މުޖުތަމަޢުގެ ހަރަކާތްތަކުގައި ބައިވެރިވުން އިތުރުކުރެވި, އެމީހުންނަކީވެސް އެހެން ބަޔަކަށް ބަރޯސާނުވެ ބާރުވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ވެގެންދާނެކަމަށެވެ.

ނޭޝަނަލް ޕޮލިސީ އޮން އޭޖިންގް ލޯންޗްކުރުމުގެ ތެރެއިން...

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާބާދީގެ އުމުރު މަތިވަމުންދާކަމަށާއި ދިވެހިރާއްޖެއަށް ވެސް މިބަދަލުތައް އަންނަމުން ދާކަމުގައި ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 2030 ވަނަ އަހަރާ ހަމައަށް އާބާދީގެ %7 އަކީ ދޮށީ އުމުރުގެ މީހުން ކަމުގައިވާނެކަމަށާއި، 2050 ވަނަ އަހަރާ ހަމައަށް މި ނިސްބަތް ދެގުނައަށް އިތުރުވެ %14 އަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ވަޒީރުގެ ވާހަކަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ. އަދި މި ހިސާބުތަކުން ދައްކުވައިދެނީ ޞިއްޙީ ދާއިރާއާއި އިޖުތިމާޢީ ތަރައްޤީގެ ރޮނގުން ދިވެހިރާއްޖެ ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތައް ކަމަށާއި މުސްތަޤުބަލުގައި އުމުރުން ދުވަސްވީ މީހުންނަށް ބާރުވެރިކަމާއި، ޢިއްޒަތާއި، ޝާމިލުވުމާއި، އަދި ރައްކާތެރިކަމާއެކު ދިރިއުޅުމަށް ތައްޔާރުވުމުގެ މުހިންމުކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ނޭޝަނަލް ޕޮލިސީ އޮން އޭޖިންގް ލޯންޗްކުރުމުގެ ތެރެއިން...

އޯގާތެރި މުޖުތަމަޢެއް ބިނާކޮށް, އުމުރުން ދުވަސްވީ މީހުންނަކީ އުފާވެރިކަމާއި، ހިތްހަމަޖެހުމާއި، ދުޅަހެޔޮކަންމަތީގައި ދިރިއުޅޭ ބައެއްކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ތަޞައްވުރެކެވެ. އެގޮތުން، "އިސްރަށްވެހިންގެ ނާދީ" ގެ ނަމުގައި ދޮށީ އުމުރުގެ މީހުންގެ އިޖުތިމާޢީ މަރުކަޒުތައް ޤާއިމުކުރެވިގެންދިއުމަކީ ރައީސުލްޖުމްހީރިއްޔާގެ މި ތަޞައްވުރު ފުރިހަމަކުރެއްވުމަށް ކުރެވިގެންދިޔަ ވަރަށް މުހިންމު އެއް މަސައްކަތްކަމުގައި ވަޒީރު ޑރ ޢާއިޝަތު ޝިހާމް ވަނީ ފާހަގަކުރައްވާފައެވެ.

ނޭޝަނަލް ޕޮލިސީ އޮން އޭޖިންގް ލޯންޗުކުރުމަށް ފަހު، މި މަހުގެ 17 އަދި 18 ވަނަ ދުވަހު މި ޕްލޭންގެ ވެލިޑޭޝަން ވޯކްޝޮޕް ކުރިއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ވެލިޑޭޝަން ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ނޭޝަނަލް އެކްޝަން ޕްލޭން އޮން އެޖިންގް ތަންފީޒުކުރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް އެންމެފަހުގެ ނިންމުންތައް ނިންމުމެވެ.

މި ޕްލޭންގެ ޑްރާފްޓް ޕްލޭނަކީ މެޑްރިޑް އިންޓަނޭޝަނަލް ޕްލޭން އޮފް އެކްޝަން އޮން އެޖިންގް ފަދަ ބައިނަލްއަގްވާމީ ބޮޑެތި އޮނިގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނެއްކަމަށްވެސް އާއިލާއާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން