ހުޅުމާލެ ފޭސް ދޭއްގެ ސުޕަމާކެޓެއްގައި ވިއްކަންހުރި އޮރެންޖުތަކެއް... ފޮޓޯ: ވޮއިސް
ހަބަރު
19 Sep 2025 | 09:40
އޮރެންޖެއްގެ އަގު 5 ރުފިޔާއަށް ވެއްޓިއްޖެ

މާލޭ ބާޒާރުގައި އޮރެންޖުގެ އަގުތައް ދަށަށްދާން ފަށައިފިއެވެ.

ރާއްޖެއިން ބޭރުން އޮރެންޖު ގަންނަން ލިބުމާއި އަދި އެނޫންވެސް ބައެއްކަހަލަ ކަންކަމާހެދި މާލޭ ބާޒާރުގައި މިފަހުން އޮރެންޖެއްގެ އަގު ވަނީ 12 ރުފިޔާއަށް އަރައިގެން ގޮސްފައެވެ. އޮރެންޖުގެ އަގުތައް ބޮޑުވަމުން އަންނަތާ ދެމަހެއްހާ ދުވަސް ވެފައިވާއިރު، މިހާރު ބާޒާރުގައި އޮރެންޖުގެ އަގުތައް ވަނީ ދަށަށްދާން ފަށާފައެވެ.

އެގޮތުން ހުޅުމާލޭގެ ބައެއް ފިހާރަތަކުގައި މިހާރު އޮރެންޖެއް 6 ރުފިޔާއަށް ލިބެންހުރިއިރު، ބައެއް ފިހާތަތަކުން ބައެއް ފަހަރު އޮރެންޖު ގެނެސް 2.50 ރުފިޔާއަށްވެސް މިހާރު ވިއްކައެވެ. ިއަދު މާލޭ ބާޒާރުމަތީ ބައެއް ފިހާރަތަކުން 5 ރުފިޔާއަށް އޮރެންޖު ލިބެންހުރިކަން ފާހަގަކޮށްލެވެއެވެ.

މާލޭ ބާޒާރުމަތީ ފިހާރައެއްގައި ވިއްކަން ބަހައްޓާފައިހުރި ތަރުކާރީ އާއި މޭވާގެ ބައެއް ބާވަތްތައް... ފޮޓޯ: ވޮއިސް ކިޔުންތެރިއެެއް

މާލޭ ބާޒާރުގައި އޮރެންޖުގެ އަގު އިންތިހާއަށް ބޮޑުވެ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރުމުން ސަރުކާރުން ވަނީ އެސްޓީއޯ މެދުވެރިކޮށް ރައްޔިތުން އާއްމު ދިރިއުޅުމުގައި އެންމެބޮޑަށް ބޭނުންކުރާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް އެތެރެކުރުމަށް ނިންމާފައެވެ. އެސްޓީއޯއިން މިހާރުވެސް ވަނީ ސުޕަމާޓަށް ހެޔޮއަގުގައި އޮރެންޖު ވިއްކަން ނެރެފައެވެ. އެސްޓީއޯއިން އޮރެންޖު ވިއްކަނީ ކިލޯއެއް 30 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނީ ދާއިމީ ގޮތެއްގައި އެކުންފުނީގެ ސުޕަމާޓުން އޮރެންޖުފަދަ ބާވަތްތައް ލިބޭނޭ އިންތިޒާމް ކުރިއަށްއޮތްތަނުގައި ހަމަޖެހިގެންދާނޭކަމަށެވެ. 

އޮރެންޖަކީ ދިވެހިން އެންމެގިނައިން ބޭނުންކުރާ އެއް ބާވަތެވެ. އޮރެޖުގެ އިތުރުން އާފަލުގެ އަގުތައްވެސް ވަނީ މިއިން ޒަމާނަކު ބާޒާރުގައި އަގުތައް ނުއުފުލޭވަރަށް އުފުލިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.