ބޮޑުތަކުރުފާނުމަގު އެމްޓީސީސީން ތަރައްޤީކުރަމުންދާ ސަރަހައްދު.. ފޮޓޯ: އެމްޓީސީސީ
ހަބަރު
19 Sep 2025 | 13:55
ބޮޑުތަކުރުފާނުމަގު ފުޅާކުރާ ސަރަހައްދު ހިއްކުމުގެ މަސައްކަތް 90 އިންސައްތަ ނިމިއްޖެ

މާލޭ ބޮޑުތަކުރުފާނު އެމްއެމްއޭ ކުރިމައްޗާ ދިމާލު ހަތަރު ލޭނަށް ފުޅާކުރާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކަށް އަތުވެއްޖެއެވެ.

އެމްޓީސީސީން ބުނީ އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް 90 އިންސައްތަ ނިމިފައިވާކަމަށެވެ. އެގޮތުން މިހާރު އެ ސަރަހައްދު ޝީޓްޕައިލްތައް ވަރުގަދަ ކުރުމުގެ ގޮތުން ޖަހާ އެންކަރ ބްލޮކްތައް ޖެހުމުގެ މަސައްކަތް ނިމިފައިވާކަން އެމްޓީސީސީން ވަނީ ބުނެފައެވެ. އެމްޓީސީސީން ބުނީ 132 މީޓަރު ސަރަހައްދެއްގައި ޝީޓްޕައިލްކުރުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތް ކަނޑައެޅިފައިވާ ތާވަލާއެއްގޮތަށް ކުރިއަށްދާކަމަށެވެ. އެގޮތުން އެމްޓީސީސީން ވަނީ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ރޯދައަށް ނިންމުމަށް އަމާޒުހިފާފައެވެ. 

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން މަގު ފުޅާކޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ، ހުސްވި އޮގަސްޓްމަހުގެ 21 ވަނަ ދުވަހުއެވެ.  މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ.

މި މަޝްރޫއަކީ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ. އެ ކުންފުންޏަށް މި މަސައްކަތް ހަވާލުކޮށްފައި ވަނީ 144,509,024.16 ރުފިޔާ އަށެވެ. މި މަސައްކަތް 455 ދުވަސްތެރޭ ނިންމަން ޖެހެއެވެ.

މިމަޝްރޫއުގެދަށުން ކުރުމަށްހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ ބޮޑުތަކުރުފާނުމަގު އުތުރުފަރާތުން ފުޅާކޮށް ހަތަރު ލޭނަށް މަގުހެދުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.