އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް -- ފޮޓޯ: އޭއެފްޕީ
ދުނިޔެ
20 Sep 2025 | 12:56
ޣައްޒާގެ އިންސާނީ ޙާލަތަކީ މިހާތަނަށް ފެނުނު އެންމެ ނިކަމެތި އަދި ހިތާމަވެރި ޙާލަތު: ގުޓަރެޒް

ނިރުބަވެރި ޔަހޫދީ ދައުލަތް، އިޒްރޭލުން ހަމާސްއަށް ކަމަށް ބުނެ ޣައްޒާގެ ކުށެއްނެތް ޢާންމުންނަށް ދެމުންދާ ޙަމަލާތަކާ ގުޅިގެން ޣައްޒާގައި ދިމާވެފައިވާ އިންސާނީ ކާރިސާއަކީ މިހާތަނަށް ފެނުނު އެންމެ ހިތާމަވެރި އަދި ނިކަމެތި ކާރިސާކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވިދާޅުވެއްޖެއެވެ.

ގުޓެރެސް އެހެން ވިދާޅުވީ، އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ޖަލްސާގެ ކުރިން އޭއެފްޕީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ގުޓެރެސް ވިދާޅުވި ގޮތުގައި ޣައްޒާގައި މިވަގުތު އޮތީ ބަނޑުހައިހޫނުކަން ކަމަށާއި، ސިއްހީ ޚިދުމަތްތައް މުޅިން ހުއްޓި، ގިނަ އަދަދެއްގެ މީހުން ކުޑަ ސަރަހައްދެއްގައި އެކަށީގެންވާ ހިޔާވަހިކަމެއް ނެތި ދިރިއުޅެމުންދާ ކަމަށެވެ.

"މިއީ އަޅުގަނޑުގެ މަޤާމުގައި ހުރެ ދެކުނު އެންމެ ހިތާމަވެރި އަދި ނިކަމެތި ޙާލަތު. އަދި ފަހަރުގައި އަޅުގަނޑުގެ މުޅި ދިރިއުޅުމުގައިވެސް ދެކުނު އެންމެ ނުރައްކާތެރި ހާލަތު،" ގުޓެރެސް ވިދާޅުވިއެވެ.

ގުޓަރެސް ވަނީ ފަލަސްތީނުގެ ދައުލަތެއް ބައިނަލްއަޤްވާމީ މުޖުތަމައުއިން ބަލައިގަތުމާ ގުޅިގެން ޔަހޫދީ ދައުލަތުން ހުޅަނގު އައްސޭރީގެ ބައެއް ސަރަޙައްދުތައް ހިފާފާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އޭނާ ވަނީ އިޒްރޭލުގެ ކުރިމަތީގައި މުޅި ދުނިޔެ ކުޑަކަކޫ ނުޖެހުމަށް ގޮވާލާފައެވެ.

ގުޓަރެސް ވިދާޅުވި ގޮތުގައި ފަލަސްތީނު ދައުލަތެއް ބަލައިގަތުމާ ނުގަތުމާ ނުލައިވެސް އިޒްރޭލުން އެފަދަ ޖަރީމާތައް ހިންގާނެއެވެ. އެހެން ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމައު އެއްބައިވެ، އިތުރު ގޯސްތަކެއް ހުއްޓުވުމަށް މަސައްކަތްކުރުމުގެ ފުރުސަތު މިހާރު ލިބިފައިވާ ކަމަށް ގުޓަރެޒް ވިދާޅުވިއެވެ.

ގުޓަރެޒް އެފަދައިން ވިދާޅުވިއިރު، މިހާރު ވެސް އިޒްރޭލުން ވަނީ ހުޅަނގު އައްސޭރީގެ ބޮޑު ބައެއް ހިފައި، ޣައިރު ޤާނޫނީ ޔަހޫދީ ވަޒަންވެރިން އެތަނުގައި ވަޒަންވެރިކުރަން އިއުލާނުކޮށްފައެވެ. މިކަން އިޒްރޭލުން ފަށާފައިވަނީ ހުޅަނގުގެ ޤައުމުތަކުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް މަސައްކަތްކުރަނިކޮށް، އެ ޤައުމުތަކުން އެ މަސައްކަތްތައް ކުރާނަމަ ހުޅަނގު އައްސޭރި ހިފާނެ ކަމުގެ އިންޒާރުދީފައިވަނިކޮށެވެ.

އިޒްރޭލާއި އެ ދައުލަތަށް އެންމެ ވާގިވެރިވާ އެމެރިކާގެ އިންޒާރުތަކާއެކު ވެސް، މި މަހު އިނގިރޭސިވިލާތް އަދި ފްރާންސް ހިމެނޭ ގޮތަށް ހުޅަނގުގެ ގިނަ ސަރުކާރުތަކުން ވަނީ އދ.ގައި ފަލަސްތީނު ދައުލަތް ބަލައިގަންނާނެ ކަމަށް އިޢުލާނުކޮށްފައެވެ.

އެހެން ނަމަވެސް، ރޭ ބޭއްވި އދ.ގެ ސަލާމަތީ މަޖިލީހުގެ ޖަލްސާގައި ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި ހުށަހެޅި ޤަރާރު ވެސް އެމެރިކާއިން ވަނީ ވީޓޯކޮށްފައެވެ. އެ ޖަލްސާގައި އެމެރިކާ ނޫން ހުރިހާ މެންބަރު ޤައުމުތަކުން ވަނީ އެ ޤަރާރާ އެއްކޮޅަށް ވޯޓު ދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް