ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވ. ރަކީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 Sep 2025 | 13:28
ރައީސްގެ އަރިހުން ރަކީދޫގެ ރައްޔިތުން އެދުނީ ތުލުސްދޫ، ގުޅީފަޅު ނުވަތަ ރަސްމާލެ އަށް ބަދަލުކޮށްދިނުމަށް

އެހެން ރަށަކަށް ބަދަލުވާން ވ. ރަކީދޫގެ 80 އިންސައްތަ ރައްޔިތުން ތާއީދުކުރާނަމަ އެހެން ރަށަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ މިއަދު ރަކީދޫގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ބޭއްވި ޚާއްސަ ބައްދަލުވުމުގައެވެ. 

އެގޮތުން އެ ބައްދަލުވުމުގައި އެރަށުގެ ރައްޔިތުން ވަނީ  މާލެ ކައިރިން އަލަށް ތަރައްޤީކުރާ ރަށަކަށް ރަށުގެ ރައްޔިތުންގެ ދިރިއުޅުން ބަދަލުކުރަން ބޭނުންވާކަމަށް ބުނެފައެވެ.  އެގޮތުން ރަސްމާލެ، ގުޅިފަޅު ނުވަތަ އެނޫންވެސް، ދިރިއުޅުމުގެ ވަސީލަތްތައް ފުރިހަމަ، މާލެ ކައިރި ތަނަކަށް ހިޖުރަކުރެވޭނެ މަގު ފަހިކޮށްދިނުމަށް އެ ރަށުގެ ރައްޔިތުން ވަނީ އެދިފައެވެ.

އޭގެ ތެރެއިން އެ ބައްދަލުވުމުގައި އެއް ބޭފުޅަކު ވަނީ، ރަކީދޫން މީހުން ބަދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ހައުސިން މިނިސްޓްރީގެ ޓީމެއް މިދިޔަ ހަފުތާގައި އެ ރަށަށް ދިޔަ ކަމަށް ބުނެފައެވެ. އެ ބައްދަލުވުމުގައި ވެސް ގިނަ ބަޔަކު ހުށަހެޅީ ރަށުން ބަދަލުވާން ކަމަށް އޭނާ ބުންޏެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވ. ރަކީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ -- ވޮއިސް ފޮޓޯ

އޭނާ ފާހަގަކުރި ގޮތުގައި އެ ރަށުގައި މިވަގުތު ދިރިއުޅެނީ 61 މީހުންނެވެ. އޭގެ ތެރެއިން 41 މީހުން ވަނީ ތުލުސްދޫއަށް ބަދަލުވާން އެދިފައިކަމަށް އޭނާ ބުންޏެވެ. އަދި ބާކީ 19 މީހުން އެދުނީ މާލެ ކައިރިން ތަނެއް ހިއްކައިގެން ބަދަލުވުމަށްކަމަށް އޭނާ ބުންޏެވެ.

އެ ކަންބޮޑުވުންތައް އަޑު އައްސަވައި ރައީސް ވިދާޅުވީ، އެރަށުން ހިޖުރަކުރުމުގައި ރައްޔިތުންގެ ޚިޔާލު ވަރަށް ސާފުކަމަށާއި، އެ ރަށުން ހިޖުރަކުރުމަށް ރައްޔިތުން ބޭނުންވާގޮތް ދެނެގަތުމަށް، ރަސްމީކޮށް މަސައްކަތްތައް ގެންދަވާނެކަމަށެވެ. 

އަދި ދި ރައްޔިތުންގެ ޚިޔާލާއެކު ރަށުން ބަދަލުވާން ނިމިއްޖެނަމަ، ރައްޔިތުން ބަދަލުކޮށްދެއްވާނީ ވަސީލަތްތަކާ ޚިދުމަތްތައް ފުރިހަމަތަނަކަށް ކަމަށާއި، ދިރިއުޅެވޭނެ ގެއާއި، ހިޖުރަކުރުމަށް ސަރުކާރުން ދޭންޖެހޭ ބަދަލުވެސް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމަށް އެ ރަށުގެ 80 އިންސައްތަ ރައްޔިތުންގެ ތާޢީދު ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވ. ރަކީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ޖަލްސާގެ ތެރެއިން -- ވޮއިސް ފޮޓޯ

ރައީސް އެފަދައިން ވިދާޅުވިއިރު، މިއީ ރަކީދޫގެ ރައްޔިތުން ބަދަލުވާން އެދުނު ފުރަތަމަ ފަހަރުނޫންކަން ފާހަގަކުރެވެއެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް އެ ރައްޔިތުން އެފަދައިން އެދުނު ނަމަވެސް، އެކަމަށް ޙައްލެއް ހޯދެވިފައިނުވާކަން މިއަދުގެ ބައްދަލުވުމުގައި ވެސް އެރަށުގެ ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.

ރަކީދުގެ ރައްޔިތުން އެފަދައިން އެދުނުއިރު، 2022 ވަނަ އަހަރުގެ ސެންސަސް އިން ދައްކާ ގޮތުން ރާއްޖޭގެ އެންމެ އާބާދީ ކުޑަ ރަށަކީ ވެސް ރަކީދޫއެވެ. ރަކީދޫގެ އާބާދީއަކީ 360އެއްހާ މީހުން ނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީއަކީ 60އެއްހާ މީހުންނެވެ. އަދި ސްކޫލް އުމުރުގެ ކުދިންވެސް ނޫޅެއެވެ. ރަށުގެ ބޮޑު އާބާދީއަކީ އުމުރުން ދުވަސްވީ މީހުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.