މަހިބަދޫ.. ފޮޓޯ: ފްރޮމްޓައިނީ އައިލްސް
ހަބަރު
20 Sep 2025 | 17:40
އދ.މަހިބަދޫގައި ހަދަމުންދިޔަ އިމާރާތަކުން ބިދޭސީއަކު ވެއްޓި ސީރިއަސް ހާލަތެއްގައި

އދ.މަހިބަދޫގައި ހަދަމުންދިޔަ އިމާރާތަކުން ބިދޭސީއަކު ވެއްޓި އެމީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ހާދިސާގެ މައުލޫމާތު އެނގޭ އެރަށު ރައްޔިތަކު ބުނީ އެމީހާ ވެއްޓުނީ ހަދަމުންދިޔަ އިމާރާތެއްގެ ދެވަނަ ފަންގިފިލައިންކަމަށް ބެލެވޭކަމަށެވެ. 

އޭނާ ވެއްޓުނުތަނުގައި ވަރަށް ބައިވަރު ލޭގެ އިތުރުން ދަތާއި އެނޫންވެސް އެތިކޯކޮޅު ހުރިކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އަދި އެމީހާގެ މޫނުއޮތީ ކާކުކަން ވަކިނުވާވަރަށް ޒަހަމްވެފައެވެ. އިމާރާތުގެ މަތިން އެމީހާ ވެއްޓުމާއެކު، ހޮސްޕިޓަލަށް ގެންދިޔައީ ރަށުޕިކަޕަކަށް ލައިގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ އެވަގުތު މަސައްކަތް ކުރަމުން ދިޔައީ ސަލާމަތީގޮތުން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް ނާޅައެވެ

ލިބިފައިވާ ޒަހަމްތައް ބޮޑުކަމުން އެމީހާ ވަނީ 10:30 ހާއިރު މާލޭކޮޅަށް ފޮނުވާލާފައެވެ. 

މިކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ މަހިބަދޫ ގެއެއްގައި ކޮންސްޓްރަކްޝަން މަސައްކަތްކުރަން އުޅުނު އިންޑިއާގެ ރައްޔިތަކު މަސައްކަތްކުރަން ހުރި ތަނުގެ ދެވަނަ ފަންގިފިލައިން ވެއްޓި އަނިޔާވިކަމުގެ ރިޕޯޓެއް ލިބިފައިވާކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 09:29 ހާއިރުއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހްގީގްކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.