ރައީސް ޑރ.މުއިއްޒު ނިލަންދޫގައި ވާހަކަދައްކަވަނީ.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 Sep 2025 | 22:55
ޤަވައިދާ ހިލާފަށްއުޅޭ ބިދޭސީން ހޯދުމަށް ޤައުމީ ފެންވަރުގައި މާދަމާ ހާއްސަ އޮޕަރޭޝަނެއް ފަށަނީ

ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ޤައުމީ ފެންވަރުގައި މާދަމާ ހާއްސަ އޮޕަރޭޝަނެއް ފެށުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިކަން އިއުލާނު ކުރެއްވީ ފ.ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރުމަށް މިރޭ އެރަށުގައި ބޭއްވި ޖަލްސާގައެވެ. ރައީސް ވިދާޅުވީ ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ މިހާރު ރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. އެގޮތުން ނުގަވައިދުން އުޅެމުންދާ ބިދޭސީންގެ ސަބަބުން ދިވެހިންނަށް ލިބެންޖެހޭ ފުރުސަތުތައް ހަނިވެފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި އޮޕަރޭޝަން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފަށާނޭކަމަށާއި، ހާއްސަ ގޮތެއްގައި ބޮޑެތި އާބާދީތައް ދިރިއުޅެމުންދާ ރަށްތައް ބަލާނޭކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެތައް ހަރުފަތެއް މައްޗަށް ޖައްސައި މާދަމައިން ފެށިގެން ނޭޝަން ވައިޑްކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަކޮށް އާބާދީ ބޮޑެތި ރަށްތަކުގައި މިދެންނެވި ގޮތަށް ނުގަވައިދު ހިންގާ ވިޔަފާރިތައް ހޯދައި އެ ތަންތަން ވަގުތުން ބަންދުކޮށް އެ ފަރާތްތައް ރިޕޯޓުކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް މާދަމާ އެބަ ފަށަން. މީގެ ނަތީޖާއަކަށް ވެސް ވާނީ ދިވެހި ރައްޔިތުންނަށް ވިޔަފާރިކުރުމަށް އެ އޮންނަ ފުރުޞަތައް ޙައްޤު ފުރުޞަތުތައް އަނބުރާ ހޯދައިދިނުން

ރައީސް ވިދާޅުވިއެވެ

ރައީސް ވިދާޅުވީ ނުގަވައިދުން އުޅެމުންދާ ބިދޭސީންގެ ސަބަބުން ދިވެހިންނަށް ހައްގުވާ ވިޔަފާރީގެ ފުރުސަތުތައް ގެއްލެމުންދާކަމަށާއި، އެ ފުރުސަތު އެބައިމީހުންނަށް ލިބެނީ ދިވެހިންގެ ތެރެއިން ބައެއް މީހުން ފުރުސަތު ދޭތީކަން ރައީސް ވިދާޅުވިއެވެ. އެހެންކަމުން ނުގަވައިދުން އުޅޭ ބޭރު މީހުންނަށް އެ ފުރުސަތު ނުދީ ދިވެހިންނަށް ވަޒީފާގެ އެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

ރައީސް ވިދާޅުވީ ޒުވާނުން ތިބީ ވަޒީފާގެ ފުރުޞަތުތައް ވަރަށްބޮޑަށް ބޭނުންވެފައި ކަމަށާއި، ދިމާވެގެން މިއުޅޭ މައްސަލަތައް ހައްލުކުރެވޭނީ އެންމެން ގުޅިގެން މަސައްކަތްކުރުމުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.