ބިދޭސީންގެ ބަޔޮމެޓްރިކްސް ނަގަނީ: ފޮޓޯ/ ވޮއިސް
ހަބަރު
20 Sep 2025 | 23:17
މިހާތަނަށް 178،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފިން: ރައީސް

ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައުލޫމާތު ނެގުމަށް ފެށި އޮޕަރޭޝަނުގައި މިހާތަނަށް 178،000 އަށްވުރެ ގިނަ މީހުްނގެ މައުލޫމާތު ނަގާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފ.ނިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ބިދޭސީންގެ މައުލޫމާތު ނެގުމަށް ކުރެވެމުންދާ މަސައްކަތުގައި މިހާތަނަށް 178,982 މީހެއްގެ މައުލޫމާތު ނެގުނުއިރު، މީގެ ތެރެއިން ޤަވާއިދާ ހިލާފަށް އުޅޭކަމަށް ފާހަގަކުރެވުނު މީހުންގެ ތެރެއިން 8609 ޤައުމަށް ފޮނުވާލާފައިވާކަމަށެވެ. ރައީސް ވިދާޅުވީ އަދަދުތަކަށް ބަލާއިރު މިއީ ވަރަށް ބައިވަރު މީހުން ކަމަށާއި، އެހެންކަމުން ރާއްޖޭގައި ދެ ލައްކައަށްވުރެ ގިނަ ބިދޭސީން އުޅެމުންދާނޭކަމަށް ލަފާކުރެވޭކަމަށެވެ.

ރައީސް ވިދާޅުވީ މީގެކުރިން ނުގަވައިދުން އުޅޭ މީހުން ހޯދައި އެފަދަ މީހުން ފޮނުވާލުމުގެ ކަންކަން ކުރިކަމަށް ބުނަނީ ނަމެއްގައި ކަމަށާއި، މީގެ ކުރިން ނުގަވައިދުން އުލެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ. އެގޮތުން މި ސަރުކާރުން ފެށި އޮޕަރޭޝަނުގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނުގަވައިދުން އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ހޯދައި ޑީޕޯޓްކުރެވިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ނުގަވައިދުން އުޅޭ ބިދޭސީންގެ ސަބަބުން ދިވެހިންނަށް ލިބެންހުރި އެތައް ފުރުސަތުތަކެއް ގެއްލެމުންދާކަމަށެވެ. އެހެންކަމުން އެންމެން ގުޅިގެން މިކަމަށް މަސައްކަތް ކުރަންޖެހިފައިވާކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިރޭ ނިލަންދޫގައި ވާހަކަދައްކަވަމުން ރައީސް ވަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މާދަމާ ޤައުމީ ފެންވަރުގައި މުޅި ރާއްޖޭގައި އޮޕަރޭޝަނެއް ފެށުމަށް ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ. މި އޮޕަރޭޝަން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި
26 Sep 2026
ފަސިންޖަރުންގެ މައުލޫމާތު އިމިގްރޭޝަނަށް ދިނުން ލާޒިމުކޮށްފި
ގަވައިދުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޓެރަރިސްޓު ޖަމާޢަތްތަކަށް ނިސްބަތްވާ ނުވަތަ އެފަދަ ޖަމާޢަތްތަކާ ގުޅުން އޮންނަ ކަމަށް ބެލެވޭ ފަރާތްތަކާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ މީސްމީހުން ރާއްޖެ ވަނުމުގެ ކުރިން ދެނެގަތުން
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.