އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ --
ދުނިޔެ
21 Sep 2025 | 18:43
އިނގިރޭސިވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފި

އިނގިރޭސިވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަކަން ހާމަކޮށް އެކަން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވި އަދި ފަލަސްތީނު ބިމުގައި ޔަހޫދީ އިޒްރޭލްގެ ދައުލަތް ގާއިމުކުރުމުގެ މޭސްތިރި ގައުމު ކަމަށްވާ އިނގިރޭސިވިލާތުގެ މި ތާރީހީ ވަރުގަދަ ނިންމުން އިއުލާނު ކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރު ކިއާ ސްޓާމާ އެވެ.

އޭނާ ވަނީ އިނގިރޭސި ވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ކަން އިއުލާނު ކުރައްވާ އިނގިރޭސިންގެ އުންމީދަކީ ދެ ދައުލަތުގެ ހައްލު ކަމުގައި ވިދާޅުވެފަ އެވެ. ބޮޑުވަޒީރު ކިއާ ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތު މި ނިންމުމަކީ މެދުއިރުމަތީގައި އުފެދިފައި އޮތް ބިރުވެރިކަން ނައްތާލުމެވެ.

މި ނިންމުމާއި ހަމައަށް އައިއިރު ފަލަސްތީނުގެ ހާލަތު ވަކީން ހާއްސަކޮށް އެ ގައުމުގެ ޣައްޒާ އޮތީ ތަހަންމަލު ނުކުރެވޭ ފަދަ ނިކަމެތި އަދި ބިރުވެރި ހާލަތެއްގައި ކަމަށާ އެއީ ނިމުން ގެންނަން ޖެހޭ ހާލަތެއް ކަމުގައި ކިއާ ސްޓާމާ ވިދާޅުވި އެވެ.

ވަރަށް ގިނަ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަމުންދާތީ ޔަހޫދީން ގޮތެއް ނެތް އަނިޔާވެރި ބޮޑުވަޒީރު ނަތަންޔާހޫ އެކަން ސިފަކޮށްފައި ވަނީ ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ހަގީގީ ޖިހާދެއް ކުރަމުންދާ ހާމަސް ޖަމާއަތުން އިޒްރޭލް ސިއްސުވާލި ކާމިޔާބު ހަމަލާ -- އޮކްޓޫބަރު 7, 2023 ގެ ދިފާއު ހަމަލާއަށް ދޭ އިނާމެއްގެ ގޮތުގަ އެވެ.

އެކަމަށް ވެސް ބޮޑުވަޒީރު ކިޔާ ސްޓާމާ ވަނީ ރައްދު ދެއްވާފަ އެވެ. ވިދާޅުވީ އެއީ ހަމާސް ބަލައިގަތުން ނޫން ކަމަށާ އަދި ހަމާސްއަށް އިނާމެއް ދިނުން ވެސް ނޫން ކަމަށެވެ. އިނގިރޭސިންގެ ނިންމުމުން ހަމާސްއަށް މުސްތަގުބަލެއްް ނުލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ބޭނުންވަނީ ދެ ދައުލަތުގެ އިންސާފުވެރި ހައްލެއް ކަމަށް ވިދާޅުވި އެވެ.

އިނގިރޭސިންގެ މި އިއުލާނަކީ އިޒްރޭލާއި އެ މީހުންގެ ބޮޑުވަޒީރަށް ވަރަށް ވޭންދެނިވި ކަމަކަށް ވެގެންދާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.