ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ޖީޕީ ކްލިނިކް... ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް
ހަބަރު
22 Sep 2025 | 14:05
ހުޅުމާލެ ފޭސް 2 ގެ ޖީޕީ ކްލިނިކް 24 ގަޑިއިރަށް ބަދަލުކޮށްފި

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ޖެނެރަލް ޕްރެކްޓިސް (ޖީޕީ) ކްލިނިކުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ހުޅުމާލެ ހޮސްޕިޓަލުން ބުނެފައިވަނީ ފޭސްދޭއް ޓަވަރު 16 ގައި ގާއިމްކޮށްފައިވާ ޖީޕީ ކްލިނިކްގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖީޕީ ކްލިނިކްގެ ހިދުމަތް ހުކުރުދުވަހު ބަންދުވާނޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ފޭސްދޭއްގައި ޖީޕީ ކްލިނިކެއް ގާއިމްކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ. އޭރު ހިދުމަތްދޭން ފެށީ ހެނދުނު 10 އަކުން ފެށިގެން ހަވީރު 5 ޖެހުމާ ހަމަޔަށެވެ. ހުޅުމާލޭ ފޭސް ދޭއްގައި 24 ގަޑިއިރު ހިދުމަތްދޭ ކްލިނިކެއް ނެތުމަކީ އެ ސަހަރުގައި ދިރިއުޅެމުންދާ ވަރަށްގިނަ ބައެއްގެ ޝަކުވާއަކަށްވެފައި އޮންނަކަމެކެވެ.

ޖީޕީ ކްލިނިކްގެ ހިދުމަތް 24 ގަޑިއިރަށް ހެދުމާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް އެކްސްގައި ވިދާޅުވެފައިވަނީ، މި ކަމުން ހުޅުމާލެ ފޭސް 2 ގައި ދިރިއުޅުއްވާ ރައްޔިތުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނޭކަމަށެވެ.

ފޭސް ދޭއް ހިޔާގައި 16 ޓަވަރު ހިމެނޭއިރު އެތަނުގެ އާބާދީ 32 ހާހަށްވުރެ ގިނަ މީހުން އުޅެމުންދާއިރު، އެ ޓަވަރުތަކުގައި ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ގިނަ އަދަދަކަށް އުޅެމުންދެއެވެ.

މާލެ އަދި ހުޅުމާލޭގައި ޖީޕީ ކްލިނިކްތައް އިތުރުކުރުމަކީ އަދުގެ ސަރުކާރުގެ ސިޔާަތެކެވެ. ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މީގެ ކުރިން ވާހަކަދައްކަވަމުން ހަލީމް ވަނީ ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލުގެ ފަރާތުން މިހާރުވެސް މުހިއްމު ކަންތައްތަކެއް ކުރަމުން ގެންދާކަމަށެވެ.

މިގޮތުން އެންމެ ހާއްސަ ކަމެއްގެ ގޮތުން މާލެ ސަރަހައްދުގައި 4 ޖީޕީ ކްލިނިކް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މާލޭގައި ދެ ކްލިނިކް ގާއިމްކުރެވިގެންދާއިރު، ހުޅުމާލެ ފޭސް 1 ގައި ކްލިނިކަކާއި، ފޭސް ދޭއްގެ ވިނަރެސް ޓަވަރުގައި އިތުރު ކްލިނިކެއް ގާއިމްކުރެވިގެންދާނޭކަމަށް ޢަބްދުއްރައްޒާގް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.