ހައިކޯޓްގެ ފަނޑިޔާރު ކަމަށް އިސްގާޒީ މާހިރު އައްޔަނު ކުރެއްވުން -- ފޮޓޯ: ހައިކޯޓް
ހަބަރު
25 Sep 2025 | 16:01
ހައިކޯޓްގެ ފަނޑިޔާރު ކަމަށް އިސްގާޒީ މާހިރު އައްޔަނު ކުރައްވައިފި

ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރ. އަލިފުށި, މެޑޯޒް އިބްރާހިމް މާހިރު އައްޔަނު ކުރައްވައިފި އެވެ.

ހައިކޯޓްގެ ފަނޑިޔާރު ކަމުގެ މަގާމަށް ހުޅުވާލީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ޝަހީދުގެ ނަން ކަނޑައަޅާފައި ވަނިކޮށް އޭނާގެ ނަން އަނބުރާ ގެންދިއުމުންނެވެ. އޭނާގެ ނަން ގެންދިޔައީ އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެންނެވެ. ފަނޑިޔާރު ކަމަށް އޭނާ ކުރިމަތިލުމުން ވެސް އަދި ޖޭއެސްސީން އޭނާގެ ނަން ކަނޑައެޅުމުން ވެސް ވަރަށް ގިނަ ބަޔަކު ފާޑުކިޔެވެ.

ހައިކޯޓްގެ ފަނޑިޔާރު ކަމަށް އިސްގާޒީ މާހިރު އައްޔަނު ކުރެއްވުން -- ފޮޓޯ: ހައިކޯޓް

އެހެން ކަމުން އަލުން ފަނޑިޔާރު ކަމަށް ހުޅުވާލި އެވެ. އެ ފުރުސަތުގައި ނުވަ މީހަކު ކުރިމަތިިލި އެވެ.

ޖޭއެސްސީން މިއަދު އޮތް ބައްދަލްވުމުގައި ނިންމީ އެ މަގާމަށް އިބްރާހިމް މާހިރު އައްޔަނު ކުރުމަށެވެ.

މާހިރު މިހާތަނަށް ހުންނެވީ ފެމެލީ ކޯޓްގެ އިސް ގާޒީގެ މަގާމުގަ އެވެ. ޖޭއެސްސީގެ ނިންމުމާ އެކު މާހިރު ވަނީ ހައިކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރައްވާފަ އެވެ.

ހައިކޯޓްގެ ފަނޑިޔާރު ކަމަށް އިސްގާޒީ މާހިރު އައްޔަނު ކުރެއްވުން -- ފޮޓޯ: ހައިކޯޓް

ޖޭއެސްސީގައި މިއަދު އޮތް ބައްދަލްވުމެއްގައި މާހިރު ވަނީ ހައިކޯޓްގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފަ އެވެ. އަދި މަގާމަށް އައްޔަނުކުރައްވާ ލިޔުން ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް ހުސަައިން ރިޒާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.