ޓްރަމްޕް އަދި ނަތަންޔާހޫ... ފޮޓޯ: ރޮއިޓާސް
ދުނިޔެ
26 Sep 2025 | 10:02
ވެސްޓްބޭންކް މައްސަލާގައި ޓްރަމްޕް ޔަހޫދީންނާ އަރާރުމަކަށް ހިނގައްޖެ

އިސްރާއީލުން އަތްގަދަކުރަމުންގެންދާ ފަލަސްތީނުގެ ވެސްޓްބޭންކް މައްސަލާގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ޔަހޫދީންނާދެމެދު އަރާރުމަކަށް ހިނގައްޖެއެވެ.

ވެސްޓްބޭންކަކީ ފަލަސްތީނުގެ ސަރަރުތަކުގެ ތެރެއިން އިސްރާއީލްގެ ބާރުގެ ދަށަށް ގެނައުމަށް އެންމެ ފުރަތަމަ މަސައްކަތްކުރަން ފެށި އެއް ސަރަހައްދެވެ. އިސްރާއީލުން ވެސްޓްބޭންކް ހިފުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުންގެންދާތާ ބައި ގަރުނަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ވެސްޓްބޭންކް މައްސަލާގައި އިއްޔެ އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައިަވަނީ އިސްރާއީލުން ވެސްޓްބޭންކް ހިފުމަށް ކުރަމުންގެންދާ މަސައްކަތްތައް މިހާރު ހުއްޓާލަން ވެއްޖެކަމަށެވެ. އެގޮތުން އިސްރާއީލް ސިފައިން ވެސްޓް ބޭންކް ހިފުމަށް މިހާރު ކުރަމުންގެންދާ މަސައްކަތްތަކަށް އެމެރިކާއިން ތާއީދު ނުކުރާނޭކަމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ވެސްޓްބޭންކަށް އަތްގަދަ ކުރުމަށް އިސްރާއީލުން ކުރަމުންގެންދާ މަސައްކަތްތައް މިހާރު ފުދިއްޖެ. މިހާރު މިއޮތީ ހުއްޓާލަންޖެހޭ ވަގުތު އައިސްފައި

ޓްރަމްޕް ވިދާޅުވިއެވެ

ވެސްޓްބޭންކަށް ވެރިވެގަތުމަށް ނަތަންޔާހޫ ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވުމަށް އެއްވެސް ވަރަކަށް މަޝްވަރާކުރެވިފައިވޭތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ޓްރަމްޕް ވަނީ ސީދާ ސުވާލަށް ޖަވާބު ނުދެއްވައި މަޝްވަރާކުރިއަސް ނުކުރިއަށް އެކަން މިހާރު ހުއްޓާލަންޖެހޭކަމަށް ވިދާޅުވެފައެވެ. 

ޓްރަމްޕް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިމިވަނީ މިއަދު ނިއުޔޯކްގައި ހުންނަ އދ ގެ މަރުކަޒުގައި އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ ވާހަކަދެއްކުމަށް ތައްޔާރުވަމުންދަނިކޮށްކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ.

ވެސްޓްބޭންކް މައްސަލާގައި އެމެރިކާގެ ރާގު ކުއްލިއަކަށް ބަދަލުވެފައިވާއިރު، މީގެ އަހަރުތަކެއް ކުރިންވެސް އިސްރާއީލުން ވަނީ ވެސްޓްބޭންކް ހިފުމުގައި އެމެރިކާގެ އެއްބާރުލުން ނުލިބޭނޭކަމަށް ބުނެފައެވެ. އެކަން އެގޮތަށް އޮތްނަމަވެސް އިސްރާއީލުން ދިޔައީ ވެސްޓްބޭންކްގައި ޔަހޫދީ އާބާދީތައް ވަރުގަދަ ކުރަމުންނެވެ. އަދި މިކަމުގައި އެމެރިކާގެ އެއްބާރުލުންވެސް ލިބެމުންދިޔައެވެ. 

ވެސްޓްބޭންކްގައި އިސްރާއީލުން ޔަހޫދީން އާބާދުކުރަމުންދަނީ ބައިނަލްއަޤްވާމީގޮތުން ހެދިފައިހުރި ޤާނޫނުތަކާއި ގަވާއިދުތަކުގެ އިމުން ބޭރުންކަމަށް ބައިނަލްއަޤްވާމީ މުޖުތަމައުން މީގެ ކުރިންވެސް ވަނީ ފާހަގަކޮށްފައެވެ. އިސްރާއީލުން ބޭނުންވަނީ ވެސްޓްބޭންކް އެމީހުންގެ ބާރުގެ ދަށަށް ގެނެސް އެތަނުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންގެ ރަށްވެރިކަން އިސްރާއީލަށް ބަދަލުކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް