މަސްވެރި އުޅަނދުތަކެއް... ފޮޓޯ: އިންޓަރނެޓް
ހަބަރު
27 Sep 2025 | 09:23
މިދިޔަ އަހަރު އެކަނިވެސް މަސްދޯނިތަކަށް 56 ރެސްކިއު ޑައިވަރުން ތަމްރީނު ކުރެވުނު: ޝިޔާމް

އަދުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭ ހިމެނިގެން މިދިޔަ އަހަރު އެކަނިވެސް މަސްދޯނިތަކަށް 56 ރެސްކިއު ޑައިވަރުން ތަމްރީނުކުރެވުނުކަމަށް މަސްވެރިކަމާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ހާއްސަކޮށް ތ.ގުރައިދޫގައި ހުޅުވިގެންދިޔަ ސެނެހިޔާގެ ހައިޕަރބެރިކް ސެންޓަރާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރުން މަސްވެރިންނަށް ޚާއްސަކޮށްގެން ހުޅުވި މިފަދަ ފުރަތަމަ ސެންޓަރުކަމަށެވެ. ވަޒީރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިފަދަ އިތުރު ސެންޓަރުތައް ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްޕުޅެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އޮޑިއެއްގައި އެންމެ މަދުވެގެން އެއް ރެސްކިއު ޑައިވަރު ބެހެއްޓުމަށް ރައީސް ކަނޑައެޅުއްވި ޕްރޮގްރާމްގެ ތެރެއިން މިދިޔަ އަހަރު އެކަނިވެސްވަނީ 56 ޑައިވަރުން ތަމްރީނުކޮށްފައިވާކަމަށެވެ. އިތުރު ޑައިވަރުން ތަމްރީނުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައިވެސް ކުރިއަށްދާނެކަމަށާއި، މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުކުރާ މުހިއްމު އެތައް މަސައްކަތްތަކެއް މިސަރުކާރުން ކުރަމުންދާކަމަށެވެ. 

ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމަނިކުފާނު ގެންދަވަނީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައި، އެކަމަށް ޚާއްސަ ސިޔާސަތުތައް އެކުލަވާލައްވައި ތަންފީޒުކުރައްވަމުން

ވަޒީރު ވިދާޅުވިއެވެ

ތ.އަތޮޅު ގުރައިދޫގައި އިއްޔެ ގާއިމްކުރި ޑީކޯ ސެންޓަރަކީ 100 މީޓަރު އަޑިން ޑައިވްކުރަނިކޮށް ޑީކޯވި ނަމަވެސް ފަރުވާދިނުމުގެ ގާބިލްކަން ލިބިގެންވާ ސެންޓަރެކެވެ.

ޑީކޮމްޕްރެޝަން ޗެމްބަރުތައް ގާއިމްކުރުމަކީ ރާއްޖެފަދަ ޤައުމަކަށް ވަރަށް މުހިންމުކަމެއްކަމަށް ސަރުކާރުން ވަނީ މީގެ ކުރިންވެސް ފާހަގަކޮށްފައެވެ. އެގޮތުން މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައިވެސް ހިމެނޭ ވައުދެކެވެ. ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑީކޮމްޕްރެޝަން ޗެމްބަރުތައް ބެހެއްޓުމަށް ކުރަމުންގެންދާ މަސައްކަތްތައް ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނޭކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.
02 Aug 2026
އަމާން ޓަވަރުތައް ކައިރިން ކުނި ނަގަން 13.5 މިލިއަން ރުފިޔާ ހަރަދުވެއްޖެ
އެފްޑީސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަމާން ޓަވަރުތަކުގެ އާއްމު ސަރަހައްދުތަކުން މިހާތަނަށް ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ ނައްތާލެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ އޮކްޓޯބަރު 2025 އިން މާރިޗު 2026 އަށް ނައްތާލެވުނު 3,178 ޓަނުގެ ކުނި އަދި މޭ 2026 އިން ޖޫން 2026 އަށް ނައްތާލެވުނު 1,862 ޓަނުގެ ކުނިއެވެ. އެފްޑީސީން ފާހަގަކުރި ގޮތުގައި އެއް ޓަނުގެ ކުނީގެ މިންވަރަކީ ގާތްގަނޑަކަށް 133 ކޮތަޅު ކުންޏެވެ.
02 Aug 2026
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗަރަ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން ވަނީ މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކުރެވިފައެވެ.