ގަލޮޅު ސަހަރާގެ ގަބުރުތައް ނަގައި ސާފްކުރި ސަރަހައްދުގައި ބޭއްވި ޝޯގެ ތެރެއިން... ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
27 Sep 2025 | 12:15
ގަބުރުތައް ނަގައި ޝޯ ބޭއްވުމުން ގިނަ ބައެއްގެ ނުރުހުން މާލެސިޓީ ކައުންސިލަށް

ގަލޮޅު ސަހަރާގެ މައްޔިތުން ވަޅުލުމަށް ކުރިން ބޭނުންކުރި ބިމެއްގައި ޝޯއެއް ބޭއްވުމުން ގިނަ ބައެއްގެ ނުރުހުން މާލެސިޓީ ކައުންސިލަށް އަމާޒުވެއްޖެއެވެ.

މާލެސިޓީ ކައުންސިލުން ވަނީ ގަލޮޅު ސަރަހާގެ ހުޅަނގު އުތުރު ފަރާތާއި ދެކުނު ފަރާތު ސަރަހައްދުގައި ހުރި މިނިކަށިތައް ނަގައި އެތަން ސާފްކޮށް އާއްމުކޮށް ބޭނުންކުރެވޭނޭހެން އެތަން ތައްޔާރުކޮށްފައެވެ. އެތަނުގެ ކައިރީ ފިހާރައަކުން ރޭ ވަނީ ސަހަރާއަށް ނިސްބަތްވާ އެ ބިމުގައި ބްރައިޑަލް ޝޯއެއް ކުރިއަށްގެންގޮސްފައެވެ. މިކަމާ ގުޅިގެން ބައެއް އާއްމު ފަރާތްތަކުން ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ބައެއް މީހުން ބުނެފައިވަނީ ގަބުރުތައް ނަގާ އުކާލައި އެތަނުގައި އެފަދަ ޝޯއެއް ބޭއްވުމަކީ ގަބުރުތަކަށާއި ، އާއިލާތަކަށް ވެވޭ ވަރަށްބޮޑު އިހާނެތިކަމެއްކަމަށް ފާހަގަކޮށްފައެވެ.

ގަލޮޅު ސަހަރާގައި ޝޯ ބޭއްވުުން ރައްޔިތެއްގެ ކަންބޮޑުވުން ފާޅުކޮށްފައި..

މިކަމާ ގުޅިގެން ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން، އެމަނިކްފާނުގެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ސަހަރާއަކީ ވަރަށް ގިނަ ޢިލްމުވެރިންނާއި އެހެންވެސް އެތައް ބޭފުޅުންނެއް ވަޅުފުޅުލެވިފައިވާ ތަނެއް ކަމަށެވެ. މިހާރު ގިނަ ޤަބުރުތަކެއް އެތަނުން ނެގި ނަމަވެސް މިފަދަ ޤަބުރުސްތާނެއްގައި ޝޯ ބާއްވާ ހެދުމަކީ ކޮށްގެންވާނެކަމެއްނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެއީ އެތާގައި ވަޅުލާފައިވާ މީހުންގެ ގާތްތިމާގެ މީހުނަށް ވަރަށް އަސަރާއި ހިތާމަހުރިކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގަލޮޅު ސަހަރާގައި ޝޯ ބޭއްވުުން ކުރީގެ ޖަސްޓިސް މިނިސްޓަރު ކަންބޮޑުވުން ފާޅުކޮށްފައި..

ޝޯ ބޭއްވި ސަހަރާއަށް ނިސްބަތްވާ އެ ސަރަހައްދަކީ މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ތަނެކެވެ. އެހެންކަމުން ވިޔަފާރީގެ އުސޫލުން އެތަނުގައި ކަންކަން ކުރެވޭނީ ސިޓީ ކައުންސިލުން އެކަމަށް ހުއްދަ ދިނުމުންނެވެ. މިކަމާ ގުޅިގެން ވޮއިސްއިން މާލެސިޓީ ކައުންސިލްގެ ބަހެއް ހޯދާލުމަށް މަސައްކަތްކުރި ނަމަވެސް އެފަރާތުގެ ބަހެއް ލިބޭގޮތް އަދި ވަނީ ނުވެފައެވެ.

މީގެ ކުރިން މާފަންނު ސަހަރާގެ ބައެއް ސަރަހައްދުން ގަބުރުތައް ނަގައި މާލެ ސިޓީ ކައުންސިލުން ވަނީ އެތަނުގައި ބައިބަލާ ކުޅޭ ތަނެއް ހަދާފައެވެ. އެ މައްސަލަ ފެންމަތިވި ނަމަވެސް އެފަހަރުވެސް މާލެސިޓީ ކައުންސިލުން އެކަމާ ހަވާލުވެފައެއް ނުވެއެވެ. އެފަހަރު އެ މައްސަލަ ފެންމަތިވުމުން މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވަނީ، ދީނީ ގޮތުން އެކަމަކީ ކޮށްގެން ނުވާކަމަކަށް ވަނީނަމަ، މާލެސިޓީ ކައުންސިލުން އަމަލުކުރާނީ ދީނީ އިލްމުވެރިންގެ ރަޢުޔުއާ އެއްގޮތަށްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.