ޓްރީޓޮޕް ހޮސްޕިޓަލް... ފޮޓޯ: ޓްރީޓޮޕް
ހަބަރު
27 Sep 2025 | 18:59
އޮގަސްޓްމަހު ބޭސްފަރުވާގެ ހަރަދުތަކަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔަ ހޭދަވި: އެންސްޕާ

ހުސްވި އޮގަސްޓްމަހު ދިވެހިން ހޯދާފައިވާ ބޭސްފަރުވާގެ އެކި ކަންކަމަށް އެންމެބޮޑު ހޭދައެއް ކުރަންޖެހުނީ ޓްރީޓޮޕް ހޮސްޕިޓަލަށްކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ހާމަކޮށްފިއެވެ.

އެންސްޕާއިން ވަނީ ހުސްވި އޮގަސްޓްމަހު ދިވެހިންގެ ބޭސްފަރުވާގެ އެކި ކަންކަމަށް ކުރި ހޭދައަށް ހިނގި ހަރަދުތަކުގެ ތަފާސްހިސާބުތައް މިއަދު އާއްމުކޮށްފައެވެ. އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮަގަސްޓްމަހު ބެސްފަރުވާގެ އެކި ކަންކަމަށް ޖުމްލަ 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވިއެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖޭން ބޭރުން ފަރުވާ ކުރުމަށް ހިނގި 8.5 މިލިއަން ރުފިޔާ އާއި ރާއްޖޭގެ ސިއްހީ ހިދުމަތްދޭ އެކި ތަންތަނަށް ހޭދަވި 8.3 މިލިއަން ރުފިޔާއެވެ.

ރާއްޖޭގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ ތެރެއިން އެނދުމަތިކޮށްގެން ހިނގި ހަރަދުތަކަށް އެންމެބޮޑު ހޭދައެއް ކުރަންޖެހުނީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. އޮަގސްޓްމަހު ޓްރީޓޮޕް ހޮސްޕިޓަލުން 359 މީހަކު ސިއްހީ ފަރުވާ ހޯދާފައިވާއިރު، އެއީ 4.8 މިލިއަން ރުފިޔާއެވެ. 

ޓްރީޓޮޕް ހިސްޕިޓަލުން އެންމެގިނައިން ފަރުވާހޯދާފައިވަނީ:

- ކަށީގެ ބަލިތަކަށް ހޯދި ފަރުވާއަށް: 1.09 މިލިއަން ރުފިޔާ

- ވިހެއުމާ ގުޅޭ: 753،131.12

- އަންހެނުންގެ ބަލިތައް: 575،881.62

- ކަރުންމަތި: 450،950.17

- މައިބަދަ: 346،138.06

އެންސްޕާއިން ދެވަނައަށް އެންމެބޮޑު ހޭދައެއްކުރީ އޭޑީކޭ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން 249 މީހަކު ފަރުވާ ހޯދިއިރު، އެ ހޮސްޕިޓަލަށް ކުރި ހޭދަ އުޅެނީ 3.8 މިލިއަން ރުފިޔާގައެވެ.

އޭޑީކޭއިން އެންމެގިނައިން ފަރުވާހޯދާފައިވަނީ:

- މައިބަދަ/ނާރުގެ ބަލިތައް: 634،898.10

- ވިހެއުމާ ގުޅޭ: 514،731.28

- ކާޑިއޯވެސްކިއުލަރ: 514،186.84

- ކުޑަކަމުދާ ނިޒާމުގެ/ކިޑްނީބަލިތަކާ ގުޅޭ: 453،050.60

- ގޭސްތްރޯއިން: 307،650

އެންސްޕާއިން ބުނީ ބެސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް އެހީ ހަމަޖައްސައިދިން އެސިސްޓިވް ޑިވައިސްތަކުގެ ޖުމްލަ އަގު 4.7 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. މީގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ބައިޕެޕް މެޝިންގެ އިތުރުން ހިއަރިން އެއިޑްފަދަ ތަކެއްޗަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.