ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގުޅިގެން މީގެ ކުރިން ބޭއްވި އެއްވުމެއްގެ ތެރެއިން -- ފޮޓޯ: ވޮއިސް
ހަބަރު
28 Sep 2025 | 13:08
އަނިޔާ އާއި ރޭޕް ހިމެނޭހެން މިދިޔަ މަހު ކުޑަކުދިންނާ ގުޅުންހުރި 84 މައްސަލައެއް ހުށަހަޅާފައިވޭ: ވުޒާރާ

ހުސްވި އޮގަސްޓު މަހު ކުޑަކުދިންނާ ގުޅޭ 84 މައްސަލައެއް ހުށަހަޅާފައިވާ ކަަމަށް އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އާއިލީ  ތަރައްޤީއާ ބެހޭ ވުޒާރާއިން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު އެ ވުޒާރާއަށް 40 ފިރިހެން ކުއްޖެއްގެ އަދި 44 އަންހެން ކުއްޖެއްގެ މައްސަލަ ހުށަހަޅައިފައިވެއެވެ. އެގޮތުން އެންމެ ގިނައިން ހުށަހަޅައިފައިވަނީ އިހުމާލުގެ މައްސަލަތަކަށްވާއިރު، އިހުމާލުގެ މުޅި ޖުމްލަ 26 މައްސަލައެއް ވަނީ ހުށަހަޅާފައިވެއެވެ.

އޭގެ އިތުރަށް ގެވެށި އަނިޔާކުރާތަން 14 ކުއްޖަކަށް ފެނުނުއިރު، ޖިންސީ ގޯނާގެ 13 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ނަފްސާނީ އަނިޔާގެ ނުވަ މައްސަލަ އާއި، ޖިސްމާނީ އަނިޔާގެ އަށް މައްސަލައާއި، ގަނާކުުރމުގެ ފަސް މައްސަލައިގެ އިތުރުން ކަރާމަތަށް އުނިކަން އަންނަ ފަދަ ދެ މައްސަލައެއް ވެސް ހުށަހަޅައިފައިވެއެވެ.

މީގެ އިތުރުން ކުޑަކުދިން އެކަނިވެރިކުރުމާއި، ބްލެކްމެއިލްކުރުމާއި، ސައިބާ ބުލީ އާއި އެކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހުފުމުގެ މައްސަލަތައް ވެސް މިދިޔަ މަހު އެ ވުޒާރާއަަށް ހުށަހަޅާފައިވާ ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން މިދިޔަ މަހު ގެވެށި އަނިޔާާގެ 45 ކުއްޖެއްގެ މައްސަލަ އެ ވުޒާރާއަށް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން 23 ޖިސްމާނީ އަނިޔާގެ މައްސަލަތައް ހުށަހަޅާފައިވާއިރު، ނަފްސާނީ އަނިޔާގެ ނުވަ މައްސަލައެއް، ޖިންސީ އަނިޔާގެ ހަތަރު މައްސަލައެއްގެ އިތުރުން ރެޕް އާއި ތަކެއްޗަށް އަނިޔާ ދިނުން ފަދަ ގިނަ މައްސަލަތަކެއް އެ ވުޒާރާއަށް ހުށަހަޅައިފައިވެއެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުން މި ވަގުތު ސަރުކާރުގެ ބެލުމުގެ ދަށުގައި 156 ކުއްޖަކު ތިބިއިރު އޭގެ ތެރެއިން 83 ކުއްޖަކީ ފިރިހެން ކުދީންނަށްވާއިރު ބާކީ ތިބި 73 ކުދީންނަކީ އަންހެން ކުދީންނެވެ. އެ ކުދިންގެ ތެރޭގައި މި މަހު އަށް ކުއްޖަކު ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައިރު، އެއް ކުއްޖަކު ވަނީ ފޮސްޓާ އާއިލާއަކާއި ހަވާލުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.