ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ އެޕާޓްމަންޓްތައް ހަވާލުކުރަން ފެށުން..
ހަބަރު
28 Sep 2025 | 17:42
ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ އެޕާޓްމަންޓްތައް ހަވާލުކުރަން ފަށައިފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކުރި 4،000 ހައުސިން ޔުނިޓްތައް ހައްޤުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން އެފްޑީސީން ބުނީ މިއަދު އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ، ގެދޮރުވެރިޔާ ސްކީމްގެ އަމާން އުދަރެސް ޓަވަރު 14 އިން ޔުނިޓްތައް ލިބުނު ފަރާތްތަކަށް ކަމަށެވެ. މިކަމަށްޓަކައި މިއަދު އެ ޓަވަރުގައި ބޭއްވި ރަސްމިއްޔާތުގައި އެފްޑިސީގެ އިތުރުން ފިނޭންސް އެންޑް ޕެލޭނިން މިނިސްޓްރީއާއި، ޤައުމީ ކަރަންޓް ކުންފުނި، ފެންކުންފުނި، ހައުސިން މިނިސްޓްރީ އެޗްޑީސީ އަދި އެމްއެންޑީއެފްގެ ކަމާބެހޭ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. 

ގެދޮރުވެރިޔާ ސްކީމްގައި ހިމެނޭ އެޕާޓްމަންޓްތައް ހަވާލުކުރަން ފެށުން..

އެފްޑީސީން ބުނީ ޓަވަރު 14 އިން ޔުނިޓްތައް ލިބުނު ފަރާތްތަކަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އަކުން ހަވީރު ހަތަރެއް ޖެހުމާ ހަމަޔަށް ޔުނިޓްތައް ހަވާލުކުރަމުންދާނޭކަމަށެވެ. ފްލެޓްތަކަށް މީހުން ބަދަލުވާއިރު ޕޯޓަލް މެދުވެރިކޮށް ބޮޑެތި ތަކެއްޗާއި ފަރުނީޗަރުފަދަ ސާމާނު އެރުވުމުގެ އިންތިޒާމްތައް ހަމަޖެހިގެންދާނޭކަމަށް އެފްޑީސީން ބުނެއެވެ. މިގޮތުން މާދަމައިން ފެށިގެ ކުރިއަލާ ބުކިން ހެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެފްޑީސީން ބުނީ އެޕާޓްމަންޓްތަކަށް ފަރުނީޗަރުފަދަ ތަކެތި ވެއްދުމުގެ އެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ އިމާރާތުގެ ސަރަހައްދު ތޮއްޖެހުން ކުޑަކުރުމަށް ޓަކައިކަމަށެވެ. 

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްޤީކުރި 4،000 ހައުސިން ޔުނިޓް ހިމެނޭ ޓަވަރުތައް ތަރައްޤީކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. 

ކޮމެންޓް
ޅީބެ
ހުރިހާ ސަރުކާރަކުން ވެސް ވީ ވައުދު ، ކަމެއް ނުވޭ ، ހުރިހާ ސަރުކާރަކުން ވެސް ވަނީ އިހުމާލު، ޝަރުތު ހަމަވީމަވެސް އަތުލީ ފްލެޓް
28 Sep 2025
Ahmed Zahir
ވަކި ތަރުތީބަކުންތޯ ދެނީ! އެއްކޮށް ދީ ނިންމޭނީ ކިހާ ހިސާބެއްގަތޯ؟ ދެންދޭނީ ކޮން ފުލެޓަކުންތޯ؟
29 Sep 2025
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.