އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި އެމެރިކާގެ ރައީސް ޓްރަމްޕް.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
29 Sep 2025 | 08:08
އިންޑިއާ-އެމެރިކާ ވިޔަފާރީގެ މަޝްވަރާތައް އަދިވެސް ކުރިއަށް!

އިންޑިއާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމަށް އެކުލަވާލުމަށް ދެގައުމުން އަދިވެސް މަސައްކަތްކުރަމުން އެބަދެއެވެ.

އެމެރިކާގެ ރައީސްކަމަށް މިއަހަރު ކުރީކޮޅު ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު، އެކި ޤައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ބޮޑު ޓެރިފެއް ނެގުމުގެ މަސައްކަތް ފެއްޓެވިއެވެ. އަދި ޓެރިފް ކުޑަކުރެވެނީ ހަމައެކަނި އެމެރިކާއިން ބޭނުންވާ ޝަރުތުތަކާއެކު ވިޔަފާރީގެ އެއްބަސްވުން އެކުލަވާލާ ގައުމުތަކަށެވެ. އިންޑިއާއިންވެސް އެމެރިކާއާއެކު މަޝްވަރާކުރަމުންދަނިކޮށް، އަދި ވަރަށް އަވަހަށް ވިޔަފާރީގެ އެއްބަސްވުން އެކުލަވާލެވޭނެކަމުގެ އިޝާރާތެއް ދެގައުމުގެ ވެރިންވެސް ދީފައިވަނިކޮށް، އެމެރިކާއިން ވަނީ އިންޑިއާއިން އެގައުމަށް އެތެރެކުރާ މުދަލުން 50 އިންސައްތަ ޓެރިފެއް ނެގުމަށް ނިންމާފައެވެ.

އެމެރިކާގެ ހުއްޖަތަކަށް ދެއްކީ އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަނެ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއަށް ނުސީދާގޮތުން ވާގިވެރިވަނީ ކަމަށެވެ. އެހެންނަމަވެސް އިންޑިއާގެ ދިފާޢަކީ އެގައުމަށް އަގު ހެޔޮކޮށް ތެޔޮ ގަންނަން ލބޭ ދިމާއަކުން އެގައުމުން ތެޔޮ ގަންނާނެ ކަމަށެވެ.

ޓެރިފް ބޮޑުކުރިނަމަވެސް އިންޑިއާއާއި އެމެރިކާގެ އޮފިޝަލުން ދަނީ އަދިވެސް މަޝްވަރާތައް ކުރައްވަމުންނެވެ. އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދގެ އާއްމު މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގެންނެވި އިންޑިއާގެ އޮފިޝަލުން މި ހަފްތާގައިވެސް އެމެރިކާގެ އޮފިޝަލުންނާއެކު ދަނީ މަޝްވަރާކުރައްމުންނެވެ. އެގޮތުން އިންޑިއާގެ ކޮމަރސް އެންޑް އިންޑަސްޓްރީސް މިނިސްޓަރ ޕިޔުޝް ގޯޔާލް ވަނީ އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް ޖޭމިސަން ގްރިއަރއާއި ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ބައްދަލުކުރައްވާފައެވެ.

އިންޑިއާގެ މިވަގުތުގެ އަމާޒަކީ އިންޑިއާއިން ނަގަމުން އަންނަ މުދަލުން ނަގާ 25 އިންސައްތަ ޓެރިފްގެ މައްޗަށް އިތުރުކުރި އަނެއް 25 އިންސައްތަ ކަނޑާލުމެވެ. އަދި އެއަށްފަހު ދެގައުމުގެ މެދުގައި ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލެވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ