ރަންނަމާރި ވާހަކަ ކަވަރ ޕޭޖް
ހަބަރު
29 Sep 2025 | 14:11
ކުޑަކުދިންނަށް ހާއްސަކޮށް ރަންނަމާރީގެ ތަފާތު ވާހަކަފޮތެއް ނެރެފި

ކުޑަކުދިންނަށް ހާއްސަކޮށް ރަންނަމާރީގެ މުޅީން ތަފާތު ވާހަކަ ފޮތެއް ނެރެފިއެވެ. 

މިދިޔަ ބުދަ ދުވަހު ދިވެހިރާއްޖެ އިސްލާންވީ ދުވަހާ ދިމާކޮށް މި ފޮތް ނެރެފައިވަނީ، ކުޑަކުދިން ޝައުގުވެރި ވާނޭ ފަދަ މަންޒަރުތައް ހިމަނައިގެންނެވެ. 24 ސަފްޙާގެ މިފޮތް ނެރެފައިވަނީ އިންސްޓަގްރާމްގައި ކުޑަކުދީންގެ ފޮތްތައް ވިއްކާ ޕޭޖަކުންނެވެ.

މި ފޮތުގައި ކުޑަކުދިންނަށް ރައްނަމާރީގެ ވާހަކަ އައު ގޮތަކަށް ހުށަހަޅައިދީފައިވާއިރު، ޕީޖީ ރޭޓިންގ ދީފައިވާ މި ފޮތަކީ ހުރިހާ ކުޑަކުދިންނަށްވެސް ކިޔަން އެކަށީގެންވާ ފޮތެއްކަމަށް ފޮތުގެ މުސައްނިފް ޒަހީން ދޮންމަނިކް ބުންޏެވެ.

މި ފޮތުން، އިސްލާމްދީނާއި މީސްމީހުންނަށް ހެޔޮކޮށް ހިތުމާއި ރަހުމަތްތެރިކަމާއި އޯގާވެރިކަމާއި ހިތްވަރުގަދަކަމުގެ މުހިންމު ފިލާވަޅުތައް ލިބިގެން ދާނެ. ރައްނަމާރީގެ ވާހަކަ ކުޑަކުދިންނާ ހަމައަށް "ސެންސިޓިވް ތަފްޞީލެއް ނެތި" ހިއްސާކުރުމަކީ އެއް މަގްސަދު. އަދި މި ފޮތުން ދިވެހި ތަރިކައިގެ މުހިންމު ބައެއް ހިފަހައްޓައި، ކުޑަކުދިންގެ ބަސްކޮށާރު މުއްސަދިކޮށްދޭނެ 

ޒަހީން ބުންޏެވެ

ފޮތާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ޒަހީން ބުނީ ފޮތުގެ ކޮންޓެންޓް ރިވިއުކޮށް ފާސްކުރުމުގައި ގިނަ ބައެއްގެ ޚިޔާލާއި އެހީ ލިބުނު ކަމަށެވެ. އޭގެ ތެރޭގައި ދިވެހި ބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ އަދި ލިޔުންތެރިޔާ ހަސަން ޝާކިރު މުޙައްމަދު ހިމެނެއެވެ.

މި ފޮތުގެ އަގަކީ 115 ރުފިޔާއެވެ. ނަމަވެސް ފުރަތަމަ 100 ކަސްޓަމަރުންނަށް ޚާއްސަ އަގަކަށް 95 ރުފިޔާއަށް މިހާރު މި ފޮތް ލިބެން ހުރިއިރު، މާލެ، ހުޅުމާލެ އަދި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ފޮތް އޯޑަރުކުރެވޭނީ ހަށަނަރަ އިންސްޓަގްރާމް hashanara.mv@ އަދި ފޭސްބުކް މެދުވެރިކޮށް ނުވަތަ 9996465 އަށް ގުޅުއްވައިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.