ކުރީގެ ރައީސް އަބްދުﷲ ޔާމީން --
ހަބަރު
29 Sep 2025 | 15:18
ޔާމީންގެ މައްސަލަ: އައު ހެކިތަކާ ގުޅޭ އަޑުއެހުންތައް ނިންމައި ޙުކުމާ ހަމައަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި އައު ހެކިތަކާ ގުޅިގެން ދައުލަތުން ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ދެވަނަ ފަހަރަށް ނިންމާލައިފިއެވެ.

މި މައްސަލައިގައި ދައުލަތުން އިސްތިއުނާފު ކޮށްފައިވަނީ އަލުން ޝަރީއަތް ހިންގުމަށް ނިންމި ހައިކޯޓުގެ ނިންމުމުގައި، އެ ޝަރީއަތުގައި އައު ހެކިތައް ބަލައިނުގަތުމަށް ނިންމި ނިންމުމެވެ.

ހައިކޯޓުން ވަނީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި މަނީ ލޯންޑަރިން އަދި ރިޝްވަތުގެ ޙުކުމް ބާތިލްކޮށް، ކުރީގެ މަޖިލިސް މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް އަލުން ޝަރީއަތް ހިންގުމަށް އަމުރުކޮށްފައެވެ. ނަމަވެސް އެ ޝަރީއަތުގައި ދައުލަތުން ހުށަހަޅަން ބޭނުންވާ އައު ހެކިތައް ބަލައި ނުގަތުމަށް ނިންމާފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ، ދިފާއީ ހެކިންގެ ހެކިބަސް ނަފީކުރަން ހުށަހެޅި ހެކިތައް ބަލައިނުގަތުމަކީ ހައިކޯޓުން ނިންމި ގޯސް ނިންމުމެއް ކަމަށެވެ. އަދި މި ހެކިތައް އަލުން ހިންގާ ޝަރީއަތުގައި ބަލައިގަތުމުގެ ފުރުސަތު ދިނުމަށާއި، އޭގެ މަޤްބޫލުކަން ދަށު ކޯޓުތަކުން ނިންމުމަށް އެދިފައިވެއެވެ.

ޔާމީންގެ ފަރާތުން ވަކާލާތުކުރެއްވި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެފައިވަނީ، ހައިކޯޓުން އަލުން ޝަރީއަތް ހިންގުމަށް ނިންމާފައިވާއިރު ދައުލަތުން ސުޕްރީމް ކޯޓުގައި އައު ދައުވާތައް ހުށަހެޅުމަކީ މައްސަލަ ލަސްކުރުމަށާއި ދަޢުވާލިބޭ ފަރާތުގެ ޙައްޤުތަކަށް އުނިކަން ގެނައުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

ހަމަ އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޤާނޫނީ ވަކީލް ޙަމްޒާ ލަޠީފް ވިދާޅުވި ގޮތުގައި، ދައުލަތުން މި ހެކިތައް ދަށު ކޯޓުތަކުގައި ހުށަހަޅާފައިވަނީ އިޖުރާއަތާ ޚިލާފަށް ކަމަށާއި، ގުޅުމެއްނެތް ޤާނޫނީ މާއްދާއެއްގެ ދަށުންނެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، އަދި ފަނޑިޔާރު އަބްދުﷲ ޙަމީދެވެ. މިހާރު މައްސަލައިގެ އަޑުއެހުންތައް މިހާރު ނިމިފައިވާއިރު، ޙުކުމް އިއްވާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް ބެންޗުން ވަނީ އިއުލާނުކޮށްފައެވެ.

އާރަށު މައްސަލައިގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ވެސް މިހާރު ދަނީ ކުރިއަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.