ކުރީގެ ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ: މިހާރު
ހަބަރު
30 Sep 2025 | 09:44
ކޮރަޕްޝަނާއި މެދު ފިޔަވަޅު އަޅަން ރައީސް ނަޝީދުގެ ޚާއްސަ ކޮންފަރެންސެއް ބާއްވަނީ

ރާއްޖޭގައި ހިނގަމުންދާ ކޮރަޕްޝަނާއި މަޤާމުގެ ނާޖައިޒު ފައިދާ ހޯދުމުގެ މައްސަލަތައް ބަލައި، އެކަންކަމާ މެދު އެޅޭނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިސްނެންގެވުމުގެ މަތިން ޚާއްސަ ކޮންފަރެންސެއް ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް ނަޝީދު ރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނުގެ އޮފީހުގެ ބަޔާނެއް ވަނީ ނެރުއްވާފައެވެ. އެ ބަޔާނުގައި ވަނީ އެކި ސަރުކާރުތަކުގައި ނިޒާމީ ގޮތެއްގައި ހިނގާފައިވާ ކޮރަޕްޝަނާއި މަޤާމުގެ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ބަލައި ތަޙްލީލުކުރުމަށް ބާއްވާ އެ ކޮންފަރެންސްގައި ޤާނޫނީ ތަޖުރިބާކާރުންނާއި، މަދަނީ މުޖްތަމައިގެ ލީޑަރުންނާއި، ނޫސްވެރިންނާއި ބައިނަލްއަޤުވާމީ އޮބްޒާވަރުން ބައިވެރިވާނެކަން ހާމަކޮށްފައިވެއެވެ.

އަދި އެ ކޮންފަރެންސްގެ ހަރަކާތްތަކުގެ ތެރޭގައި މުއައްސަސާތަކާއި ސިޔާސީންގެ މެދުގައި ބިންވަޅު ނެގިފައިވާ ކޮރަޕްޝަނުގެ ޢަމަލުތަކުގެ މައްޗަށް ފުޅާދާއިރާއެއްގައި ނަޒަރު ހިންގައި، ބަލައި، ގަނޑަށް އެކަންކަން ތިރިކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އަދި އެ އާދަކާދަ ބަދަލުކުރަން ބޭޏުންވާ ބައިނަލްއަގުވާމީ އަދި އެތެރޭގެ އެހީތަކާއި ހަރަކާތްތެރިކަމަށް ވެސް އެ ކޮންފަރެންސް މެދުވެރިކޮށް ކަންފަހި ކުރެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

މި މަސައްކަތުން ޖަވާބުދާރީވެ، ވެރިކަމުގެ ފަރާރުން ބާރާއި ނުފޫޒު ފޯރުވޭ އަދި ސަރުކާރުތައް ބަދަލުވުމުން އުވާނުލެވޭނެ ފާރަވެރިވުމުގެ އޮނިގަނޑުތަކާއި އިޖުރާއަތުތައް ޤާއިމްކުރުމުގެ މަގަށް އަލި ކުރާނެއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އޮފީސް

އެ ބަޔާނުގައި ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ކޮރަޕްޝަނަކީ ހަމައެކަނި ފައިސާތަކެއް ވަގަށް ނެގުމާ ގުޅޭ ކަމެއް ނޫނެވެ. އެގޮތުން އެ ވައްކަމުުގައި ދިވެހި ރައްޔިތުންގެ ކިބައިން ފޭރިގަނެވެނީ ފުރުސަތާއި އަބުރާއި އިއްޒަތާއި އަދި އިންސާފު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެ ބަޔާނުގައި ބުނި ގޮތުގައު އެ ކޮންފަރެންސްގައި ވިސިލްބްލޯވަރުންނާއި ކޮރަޕްޝަނުގެ ޝިކާރަކައަށް ވެފައިވާ ފަރާތްތަކުގެ ހެކިބަސް ނެގޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އަދި އެ ކޮންފަރެންސްގައި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ޙާޝީމް އާއި، އިކޮނޮމިކް ޑެވެލޮޕްމަންޓްގެ މިނިސްޓަރު މަޙްމޫދު ރާޒީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ރައީސް ނަޝިދު... ފޮޓޯ: ސޯޝަލް މީޑިއާ

އެހެން ނަމަވެސް އެ ކޮންފަރެންސް ބާއްވާނެ ތަނާއި ތާރީޚާއި އަދި އެޖެންޑާ ކުރިޔަށް އޮތް ހަފުތާތަކުގެ ތެރޭގައި ޢާންމު ކުރައްވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ފާހަގަކުރެވޭ: ކޮރަޕްޝަނާއި ދެކޮޅަށް ކޮންފަރެންސެއް ކުރީގެ ކުރީގެ ރައީސް ނަޝީދު ބާއްވަވަން ނިންމަވައިފައިވާއިރު، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ މިދިޔަ ސަރުކާރުގެ ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައީދު މުހައްމަދު ހަތަރު އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ވަނީ ޙުކުމްކޮށްފައެވެ.

އެގޮތުން ސައީދުގެ މައްޗަށް ދައުވާކުރީ ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާއެކު ފެނަކައިން ހެދި އެއްބަސްވުމެއްގެ މައްސަލައިގަ އެވެ. ދައުވާގައިވާ ގޮތުން އެ ކުންފުންޏާ ހަވާލުކުރި މަސައްކަތް އެކީ ނުނިންމަނީސް، އަދި މަސައްކަތް ފުރިހަމަކުރިކަން ކަށަވަރުނުކޮށް، އެ މަސައްކަތަށް ދޭންޖެހޭ ފައިސާ ފެނަކައިން ބްލޭޒަން އިންކަށް ދޫކޮށްފައިވާ ކަމަށެވެ. 

ފެނަކައިގެ އޭރުގެ އެމްޑީ އަހްމަދު ސައީދު

އެ މައްސަލައިގެ އިތުރަށް ވެސް  ސައީދަށް ތުހުމަތުވާ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް މިހާރު ވެސް އޭސީސީން ދަނީ ބަަލަމުންނެވެ. 

ސަޢީދުގެ އިތުރަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) އަބްދުالله މަޢުމޫނުގެ މައްޗަށް ރިޝްވަތު ނެގިކަމުގެ ދެ ދައުވާއެއް ސާބިތުވެ 12 އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލާން ވެސް އިއްޔެ ވަނީ ޙުކުމްކޮށްފައެވެ.

އެގޮތުން މައުމޫނުގެ މައްޗަށް ޙުކުމްކޮށްފައިވަނީ މޯލްޑިވް ގޭސްގެ އެމްޑީގެ މަގާމުގައި މައުމޫން ހުރި ދުވަސްވަރު އެކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުޢާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ޖުމްލަ 3,106,189.38 ނަގާފައިވާކަމަށް ބުނާ މައްސަލައެވެ.

އޭގެ ތެރެއިން ދެ ދައުވާއެއްގެ ޙުކުމް އިއްޔެ ކުރިއިރު،  އެ ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ މައުމޫން, ޖަލަށްލާން ހުކުމްކުރީ 12 އަހަރާއި ނުވަ މަހާއި 18 ދުވަހަށެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.