ކުރީގެ ރައީސް މުޙައްމަދު ނަޝީދު ---
ހަބަރު
30 Sep 2025 | 12:46
އަޅުގަނޑަށް ވެސް ކޮރަޕްޝަނުގެ ތުހުމަތުކުރެވުނު، ނަމަވެސް މައްސަލައެއް ނެތްކަން ސާފުވާނެ: ނަޝީދު

ކޮރަޕްޝަނުގެ މައްސަލަތަކުގައި ތުހުމަތުތައް ކުރެވުނު ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތަކުން ކުރި ތަހުގީގުތަކުން އެއްވެސް މައްސަލައެއް ފާހަގަކުރެވިނުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހިނގަމުންދާ ކޮރަޕްޝަނާއި މަޤާމުގެ ނާޖައިޒު ފައިދާ ހޯދުމުގެ މައްސަލަތައް ބަލައި، އެކަންކަމާ މެދު އެޅޭނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ޚާއްސަ ކޮންފަރެންސެއް ބޭއްވުމަށް ނިންމަވާފައިކަން ހާމަކުރައްވަމަށްފަހު ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އެ ޕޯސްޓުގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި ދެކޮޅަށް ވެސް ކޮރަޕްޝަނުގެ ތުހުތަމުތަކެއް ކުރެވުނު ކަމަށާއި، އެ ތުހުމަތުތަކާއި ގުޅިގެން އެ މުއާމަލާތްތައް އޮޑިޓުކުރެވި، އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރި މުޢާމަލާތްތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް ފެހި ޤާނޫނު އަސާާސީގެ ފަހުން އައި ހުރިހާ ސަރުކާރުތަކެއްގެ މުޢާމަލާތްތައް ބަލައި، ދިރާސާކުރުމަކީ މުހިންމުކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ކޮރަޕްޝަނާއި މަޤާމުގެ ނާޖައިޒު ފައިދާ ހޯދުމުގެ މައްސަލަތައް ބަލައި، އެކަންކަމާ މެދު އެޅޭނެ ފިޔަވަޅުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކޮންފަރެންސެއް ބޭއްވުމަށް ނަޝީދު ނިންމަވައިފައިވާއިރު، އެ ކޮންފަރެންސްގައި ޤާނޫނީ ތަޖުރިބާކާރުންނާއި، މަދަނީ މުޖްތަމައިގެ ލީޑަރުންނާއި، ނޫސްވެރިންނާއި ބައިނަލްއަޤުވާމީ އޮބްޒާވަރުން ބައިވެރިވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އެގޮތުން އެ ކޮންފަރެންސް ބާއްވަނީ ސަރުކާރުތަކުގައި ނިޒާމީ ގޮތެއްގައި ހިނގާފައިވާ ކޮރަޕްޝަނާއި މަޤާމުގެ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ބަލައި ތަޙްލީލުކުރުމަށް ބާއްވާ ކޮންފަރެންސެއް ކަމަށް ވެސް އެ ޕޯސްޓުގައި ނަޝީދު ވިދާޅުވެފައިވެއެވ.

ކޮމެންޓް
ްއެހެނަސް
އަސްލު ނޭނގެ ވެފަ އޮތް ގޮތެއް
30 Sep 2025
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.