މިދިޔަ އަހަރު ދަސްވެނިވި ހާފިޒުން --
ހަބަރު
30 Sep 2025 | 16:38
ދިވެހި ހާފިޒުންގެ އަދަދު 284 އަށް، 1500 މީހަކު ޤުރުއާން ހިތުދަސްކުރަނީ

ރާއްޖޭގެ ހާފިޒުންގެ އަދަދު 284 އަރައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މިނިސްޓްރީގެ އަމާޒަކީ ރައީސް މުޢިއްޒުގެ މި ދައުރުގައި ހާފިޒުންގެ އަދަދު 500 އަށް ގެންދިއުން ކަމަށެވެ. މިނިސްޓަރު ވަނީ ހާފިޒުންގެ އަދަދު އިތުރުކޮށް ގުރުއާނަަށް ލޯބިކުރާނެ ޖީލެއް ބިނާކުރުމަށް ހިތްވަރު ދެއްވުމަށް ރައީސް ވަނީ ހާފިޒުންގެ އެލަވަންސް މިދިޔަ ޖޫން މަހު އިތުރުކޮށް ދެއްވާފައިކަން ފާހަގަ ކުރައްވާފަ އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގަައި މިހާރުވެސް 1500 ވުރެ ގިނަ މީހުން / ކުދީން ދަނީ ގުރުއާން ހިތުން ދަސްކުރަމުންނެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި ޒުވާނުން ކަމަށް ވިދާޅުވި އެވެ. އޭގެ ތެރެއިން ގިނަ މީހުން ޤުރުއާންހިތު ދަސް ކުރަމުން ދަނީ ގުރުއާނާއި ބެހޭ މަރުކަޒުގަ އެވެ. ދެން އެންމެ ގިނައީ ޢިލްމު އިންސްޓިޓިއުޓްގައި ޤުރުއާން ހިތުދަސް ކުރަމުންދާ މީހުންނެވެ.

އަންނަ އަހަރު އިތުރު 50 ހާފިޒުން

މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި ހާފިޒުން އުފެއްދުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވަ އެވެ. އެކަމުގެ ނަތީޖާ ވެސް ދަނީ ފެންނަމުންނެވެ.

އެގޮތުން އަންނަ އަަހަރު އޮންނަ ހާފިޒުންގެ ދަސްވެނިވުމުގެ ހަފްލާގައި 50އާ ގާތްކުރާ އަދަދަކަށް ހާފިޒުން ދަސްވެނިވާނެ ކަމަށް ބެލެވެ އެވެ. އެއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 24 ގަ އެވެ.

މިނިސްޓަރުގެ އަމާޒަކީ އަދި އުންމީދަކީ އަހަރަކު 100 ހާފިޒުން ދަސްވެނިވާނެ މިންވަރަށް އެ މަސައްކަތް ފުޅާކުރުމެވެ. އެކަމަށް މަގު ފަހި ކުރުމަށް ޤުރުއާން ހިތުދަސްކުރާ އަމިއްލަ ކުލާސްތައް ހިންގާ ފަރާތްތަކަށް ވެސް ދަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ފަހަތުން އަރައި، ފްރާންސުން ބެލްޖިއަމް ބަލިކޮށްފި
މި ނަތީޖާއާއެކު ފްރާންސް އޮތީ ގްރޫޕް އޭ1 ގެ އެއްވަނައިގައި 10 ޕޮއިންޓާއެކުއެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޭ ތުރުކީއާ ބައްދަލުކޮށް 3-1 އިން މޮޅުވި އިޓަލީއެވެ. ބެލްޖިއަމް މިހާރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ
06 Oct 2026
ޑްރަގް ޓްރެފިކްކުރުމުގެ ތުހުމަތުގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލް ޙާއިދަރއެވެ. އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.