އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ -- ފޮޓޯ: އެމްކިއުއޭ
ހަބަރު
01 Oct 2025 | 10:14
އެމްކިއުއޭގެ ހުއްދައާ ނުލައި ބޭރުގައި ޕްރޮގްރާމުތައް ހިންގާ ކަމުގެ ކަންބޮޑުވުން

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ރާއްޖޭގައި ހިންގުމަށް ހުއްދަދީފައިވާ ޕްރޮގްރާމްތަކެއް ރާއްޖެއިން ބޭރުގައި ހިންގާ ކަމުގެ ކަންބޮޑުވުން އެ އިދާރާއިން ފާޅުކޮށްފިއެވެ.

އިއްޔެ އެ އިދާރާއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ޕްރޮގްރާމްތަކެއް، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން ބޭރުގައި ހިންގައި، ބޭރުގެ ދަރިވަރުންތަކަކަށް ސަނަދު ދީފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އެގޮތުން އެ އިދާރާގެ ސަމާލުކަމަށް އައީ އެ ދަރިވަރުންގެ ސެޓިފިކެޓުތައް ވެލިޑޭޓްކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ އެހެން އިދާރާތަކަކުން އެމްކިއުއޭއަށް ހުށަހެޅުމުން ކަމަށް ވެސް އެމްކިއުއޭއިން ބުންޏެވެ.

އެކަމާ ގުޅިގެން އެމްކިއުއޭއިން ވަނީ  އެގޮތަށް ޕްރޮގްރާމު ހިންގައިގެން ސަނަދު ދިނުމަށް އެއްވެސް މަތީ ތައުލީމު ދޭ މަރުކަޒަކަށް ހުއްދަދީފައި ނުވާނެ ކަން އެ އިދާރާތަކަށް އަންގާފައިވާނެ ކަމަށެވެ. އެމްކިއުއޭއިންވަނީ އެ އިދާރާއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމުތައް ރާއްޖޭން ބޭރުގައި ހިންގުމާ ބެހޭ ގަވައިދަށް މިމަހު 10 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި ހިންގުމަށް ހުއްދަ ދޫކޮށްފައިވާ ޕްރޮގްރާމުތައް، ރާއްޖޭން ބޭރުގައި ހިންގުމަށް އެކްރެޑިޓޭޝަން ދޫކޮށްފައެއް ނުވާނެ ކަން ވެސް ފާހަގަކޮށްފައެވެ.

އެގޮތުން އެކަމާ ގުޅިގެން އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން އެ ޕްރޮގްރާމުތަކުގައި ރާއްޖެއާއި ބޭރުގެ ކުދިންގެ ވެސް ޙައްޤުތަކެއް ވާނެކަށާއި، އެ ކުދިންދާ ވަޒީފާ ފަދަ ތަންތަނަށް އެ ސެޓިފިކެޓުތައް ހުށަހެޅުމުން، އެ ސެޓިފިކެޓުތަކުގެ ސައްޚަކަން ކަށަވަރުކުރުމަށް ބޭރުގެ އިދާރާތަކުން އެމްކިއުއޭއަށް ހުށަހަަޅާކަމަށް ވެސް ފިޒާނާ ވިދާޅުވިއެވެ.

އަދި އެ ސެޓިފިކެޓުތައް އެމްކިއުއޭއިން ވެލިޑޭޓް ނުކޮށްދިނުމުން އެ ޕްރޮގްރާމްތަކުން ކިޔެވި ދަރިވަރުންނަށް ލިބުނު ގެއްލުމުގެ ޒިންމާ ނަގަން ޖެހޭނީ އެ ދަރިވަރުންނަށް އެ ކޯސްތައް ހިންގި ތައުލީމީ ސެންޓަރުކަންކަމަށް ވެސް ފިޒާނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.