ސުމޫދް ފްލޮޓިއްލާގެ ބޯޓެއްގައި މީހަކު -- ފޮޓޯ: ދަ ގާޑިއަން
ދުނިޔެ
01 Oct 2025 | 12:41
ސުމޫދު ފްލޮޓިއްލާއިން: އިޒްރޭލުން ކޮންމެ ވަގުތަކު ވެސް ޙަމަލާދީފާނެ

ނިރުބަވެރި ޔަހޫދީ ދައުލަތް އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ޤަތުލް ޢާންމު ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޣައްޒާއަށް ދަތުރުކުރަމުންދިޔަ ގްލޯބަލް ސުމޫދު ފްލޮޓިލާގެ ދެ އުޅަނދާ އިސްރާއީލުގެ އަސްކަރީ އުޅަނދުތަކުން ކުރިމަތިލައިފިއެވެ.

އެ އުޅަނދުތަކާއި އިޒްރޭލުގެ އަސްކަރީ އުޅަނދުތަކުން ކުރިމަތިލައިފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އެގޮތުން އަސްކަރީ އެ އުޅަނދުތަކުން ވަނީ ސުމޫދް ފްލޮޓިއްލާގެ ބޯޓުގެ މުވާސަލާތީ ނިޒާމުތަކަށް ހުރަސްއަޅައި، ނުރައްކާތެރި ޢަމަލުތަކެއް ހިންގައިފިއެވެ. އެގޮތުން އިޒްރޭލުން ހުރަސްއަޅައި ބިރުދައްކައިފައިވަނީ އަލްމާ އަދި ސިރިއަސް ނަމަކަށް ކިޔާ ދެ އުޅަނދަކަށެވެ. 

ފާހަގަކުރެވޭ ގޮތުގައި ޔެލޯ ޒޯނު ފަހަނައަޅައި ފަލަސްތީނުގެ ސަރަޙައްދުތަކަށް އެ ބޯޓުތައް ވަނުމަށް މިހާރު ކައިރިވެފައިވާއިރު، މިވަގުތު ފްލޮޓިލާ ވަނީ ޣައްޒާއާއި ގާތްގަޑަކަށް 121 ނޯޓިކަލް މޭލު ދުރުގައެވެ. މިހާރު ވެސް އިޒްރޭލުގެ އަސްކަރީ ބޯޓުތަކުން ލައިޓުތައް ނިއްވައިގެން އެ ބޯޓުތަކާއި ކައިރިން ދަތުރުކޮށްފައިވާއިރު، ސުމޫދު ބޯޓުތަކާއި ކައިރިން އިޒްރޭލުގެ އަސްކަރީ ޑްރޯނުތައް ހަރަކާތްތެރިވާ ކަމަށް ވެސް ފްލޮޓިއްލާގެ ބައިވެރިން ދަނީ ބުނަމުންނެވެ. 

އަދި އެއާއެކު ފްލޮޓިއްލާގެ ބޯޓުތަކުގެ އިންޓަނެޓް އަދި ރޭޑިއޯ ސިގްނަލްތަކަށް ދަތިކުރުން އިތުރުކުރަމުންދާއިރު، ކުރިޔަށް އޮތް ވަގުތުކޮޅުގެ ތެރޭގައި ކޮންމެ ވަގުތެއްގައި ވެސް ނިރުބަވެރި ދައުލަތުން އެ ބޯޓުތަކަށް ޙަމަލާދީފާނެ ކަމަށް ވެސް ފްލޮޓިއްލާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

އެގޮތުން ފްލޮޓިއްލާގެ ބޯޓުތަކާއި ގާތްގަޑަކަށް 80 ކިލޯމީޓަރު ދުރުގައި އިޒްރޭލުގެ ނޭވީގެ އުޅަނދުތައް މިހާރު ވެސް ހަރަކާތްތެރިވަމުންދާކަމަށް އެ ބައިވެރިންވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި އިޒްރޭލުން މިވަގުތު ފްލޮޓިއްލާގެ ބޯޓުތަކަށް ޙަމަލާދިން ނަމަވެސް، އެ ބޯޓުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ބޯޓުތަކާއި އެކީ ދަތުރުކުރަނީ ސްޕެއިންގެ މަނަވަރެއް އެކަންޏެވެ. ސުމޫގެ ބޯޓުތައް މީގެ ދެ ދުވަސްކުރިން ޔެލޯ ލައިން ހުރަސްކުރިފަހުން އޭރު އެ ބޯޓުތަކާއި އެކީ ދަތުރުކުރަމުން އައި އިޓަލީގެ މަނަވަރު ވަނީ އަނބުރާ ގޮސްފައެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާ ޣައްޒާއަށް ދަތުރުކުރަނީ އިޒްރޭލުން ޣައްޒާގެ މައްޗަށް އަޅާފައިވާ ބްލޮކޭޑަށް ގޮންޖެހުމުގެ ގޮތުންނެވެ. މީގެ ކުރިންވެސް ޣައްޒާއަށް ދަތުރުކުރި ފްލޮޓިލާތައް މެޑިޓަރޭނިއަން ކަނޑުގެ މިފަދަ ސަރަހައްދުތަކުގައި އިސްރާއީލުން ވަނީ ހުއްޓުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް