އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ޤައުމަށް ތަޖުރިބާގެ އަގުހުރި މުތެއް: ރައީސް

ރައީސް މުޢިއްޒު ރަށަކަށް ވަޑައިގެން މީހަކާ ސަލާމުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ޤައުމަށް ތަޖުރިބާގެ އަގުހުރި މުތެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އުމުރުަން ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބުގައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ޤައުމަށް ތަޖްރިބާގެ އަގުހުރި މުތެއް އަދި އޭގެ ކޮންމެ މީހަކު މާޒީގައި ދެކުނު ކަންކަމަކީ، ބާއްޖަވެރި މާދަމާއެއް ބިނާކުރުމަށްޓަކައި އިބުރަތުގެ ދަރުސްތަކެއް ކަމަށެވެ.

އެގޮތުން ސަރުކާރުން އެންމެ ސަމާލުކަންދޭ އެއް ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރަށަކީވެސް ދޮށީ އުމުރުގެ ރައްޔިތުންނަށް ފަހި، ފަސޭހަ، އޯގާތެރި ވެއްޓަކަށް ހެދުން ކަމުގައި ރައީސް ވިދާޅުވިއެވެ.

ތިޔައިން ކޮންމެ އިސްރަށްވެއްސެއްގެ ޙަޔާތުގެ މި ދުވަސްތަކަކީ، ލޯތްބާއި ކުލުނުން ފުރިފައިވާ، ދުޅަހެޔޮ، ބާއްޖަވެރި ދުވަސްތަކެއް ކަމުގައި މާތްﷲ ލައްވާށި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް އެފަދައިން ވިދާޅުވިއިރު، އިސްރަށްވެހިންގެ ދައުރު ޖުތަމަޢުގައި ފުޅާކުރުމުގެ ގޮތުން "އިސްރަށްވެހިންގެ ނާދީ"ގެ ނަމުގައި އިސްރަށްވެހީންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީން ކޮށްދިނުމަށްޓަކައި ތަފާތު ޚިދުމަތްތައް ހިމެނޭގޮތަށް މަރުކަޒުތަކެއް މި ސަަރުކާރުން ވަނީ ޤާއިމްކޮށްފައެވެ.

އެފަދަ މަރުކަޒުތައް ޤާއިމްކުރުމަކީ ރައީސްގެ ރިޔާސީ ވަޢުދުފުޅަކަށްވާއިރު، މިހާރު މާލެ އަދި ހުޅުމާލޭގައި އެފަދަ ނާދީތައް ވަނީ ޤާއިމްކޮށްފައެވެ. އަދި އެ މަރުކަޒުތަކުގެ ބޭނުން އެކި ފަރާތްތަކުން ދަނީ ހެޔޮ ގޮތުގައި ހިފަމުންނެވެ.

ކޮމެންޓް
އިއްބެ
ތިޔައީބުނާބަހަކުންޤަބޫލުކުރެވޭނެބަހެއްނޫނެވެ ބުނާބަހުުގެތެދުކަމާޔަޤީންކަންލިބެންޖެހެއެވެ އަޅުގަނޑުފައިވާންފުޅުދުށުމަށް އެޕޮއިންޓުމެންޓްހައްދާގެންއުޅޭތާއެއްއަހަރުވީއެވެމުސްކުޅިންގެޤަދަރެއްނެތެވެ
01 Oct 2025