ޗައިނާ ސަފީރު ކޮންގް ޝިންހުއާ... ފޮޓޯ: ރައީސް އޮފީސް
ހަބަރު
01 Oct 2025 | 16:07
ޗައިނާއިން ނެގި ދަރަނިތައް ދެއްކުމުގައި ރާއްޖެއަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފި

އެކިއެކި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ޗައިނާއިން ނެގި ދަރަނިތައް އަދާކުރުމުގައި ރާއްޖެއަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފިކަމަށް ޗައިނާއިން ހާމަކޮށްފިއެވެ.

 ޗައިނާގެ 76 ވަނަ ޤައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ޖާފަތުގައި ވާހަކަދައްކަވަމުން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ކޮންގް ޝިންހުއާ ވަނީ އެޤައުމުން ރާއްޖެއާމެދު ދެކެމުން އަންނަ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. ސަފީރު ކޮންގް ޝިންހުއާ ވިދާޅުވީ ރާއްޖެއާ ޗައިނާ އާ ދެމެދު ސިޔާސީގުޅުން ގާއިމްކުރިތާ ބައިގަރުނަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު، ދެޤައުމުގެ އޮތީ ވަރަށް ބަދަހި ނަމޫނާ ގުޅުމެއް ކަމަށެވެ.

ސަފީރު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް މާލީ ކަންކަމުގައި އެހީތެރިކަން ދެނީ އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ޤައުމުގެ ސިޔާދަތަށް ބުރޫ ނާރާނެހެން ހެޔޮއެދޭ ހަގީގީ މާނައިގައިކަމަށެވެ. ސަފީރު ވިދާޅުވީ ރާއްޖެއިން ޗައިނާއަށް ދަރާފައިވާ ދަރަނިތައް އަދާކުރުމުގައި ލުއިގޮތްތަކެއް ހަމަޖެހިގެން ގޮސްފައިވާކަމަށެވެ. އެކަމުގައި ދެ ޤައުމުން ކުރެވިގެންދިޔަ މަޝްވަރާތައް ކާމިޔާބުކަން ފާހަގަކުރައްވަމުން ސަފީރު ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ މާލީ ސިޔާސަތުތަކަށް ފުރިހަމަޔަށް އިހްތިރާމްކުރާކަން ފާހަގަކުރައްވާފައެވެ.

ޗައިނާ ސަފީރު ވަނީ މީގެ ކުރިންވެސް ދަރަނީގެ މައްސަލަ އާއި ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން އެޤައުމުގެ ރަޢުޔު ހާމަކުރައްވާފައެވެ. ރާއްޖެއިން ބޭނުންވާ ކަންކަމުގައި ޗައިނާއިން އެހީވުމަށް ތައްޔާރަށް އޮންނާނޭކަމަށް ސަފީރު ވަނީ މީގެކުރިން ތަކުރާރުކޮށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ މާލީ ކަންކަމާއި އެނޫންވެސް ތަރައްޤީގެ އެކިއެކި ކަންކަމުގައި ޗައިނާއިން އެހީވާނޭކަމުގެ ޔަގީންގަން ސަފީރު ވަނީ ދެއްވާފައެވެ.

ސަފީރު ޝީންހުއާ ވިދާޅުވެފައިވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމުގެ ގާބިލިއްޔަތުކަން ސަރުކާރުގެ ހުރިކަން ފާހަގަކުރައްވައި ދިވެހި ރައްޔިތުންވެސް ސަރުކާރަށް އިތުބާރުކުރުމަށް އެދިވަޑައިގެންފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.
02 Aug 2026
އަމާން ޓަވަރުތައް ކައިރިން ކުނި ނަގަން 13.5 މިލިއަން ރުފިޔާ ހަރަދުވެއްޖެ
އެފްޑީސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަމާން ޓަވަރުތަކުގެ އާއްމު ސަރަހައްދުތަކުން މިހާތަނަށް ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ ނައްތާލެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ އޮކްޓޯބަރު 2025 އިން މާރިޗު 2026 އަށް ނައްތާލެވުނު 3,178 ޓަނުގެ ކުނި އަދި މޭ 2026 އިން ޖޫން 2026 އަށް ނައްތާލެވުނު 1,862 ޓަނުގެ ކުނިއެވެ. އެފްޑީސީން ފާހަގަކުރި ގޮތުގައި އެއް ޓަނުގެ ކުނީގެ މިންވަރަކީ ގާތްގަނޑަކަށް 133 ކޮތަޅު ކުންޏެވެ.
02 Aug 2026
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗަރަ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން ވަނީ މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކުރެވިފައެވެ.