ފެނަކަ ކޯޕަރޭޝަން
ހަބަރު
01 Oct 2025 | 16:00
އޮޑިޓާއި ގުޅިގެން އިސްލާޙީ ފިޔަވަޅުތައް އަޅަން ފަށައިފިން: ފެނަކަ

ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުގައި ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ޚިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން، ދައުލަތުގެ އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވި މައްސަލަތައް ހައްލުކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކައިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރު ކުންފުނި ހިންގަމުންދަނީ ހުރިހާ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި މައްސަލަތައް ހައްލުކުރުމަށް ކުންފުނިން ހަރުދަނާ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެގޮތުން އެ ޕްލޭންގެ ދަށުން ކުންފުނީގެ މުދަލާއި ޚިދުމަތްތައް ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހުރިތޯ ބަލައި، ކުންފުނީގެ މަސައްކަތްތައް މޮނިޓާކޮށް ބެލެހެއްޓުމަށް ވަރުގަދަ ނިޒާމެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ކުންފުނީގެ މެނޭޖްމަންޓް އޮނިގަނޑު ހަރުދަނާކޮށް، ސްޓޭކްހޯލްޑަރުންނާއެކު އޮންނަ ގުޅުން ވަރުގަދަކުރުމަށް ވެސް ރޭވިފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

މަޢުލޫމާތު ހާމަކުރުމާއި ރިޕޯޓުކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަށްވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ. މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ޤާނޫނާ ޚިލާފުވެފައިވާ ނުވަތަ އިހުމާލުވެފައިވާކަން ސާބިތުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.

ފެނަކައިން އިތުރަށް ބުނެފައިވަނީ މިފަދަ މައްސަލަތަކުގައި އިހުމާލުވެފައިވާ ފަރާތްތަކުގެ މައްސަލަތައް ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށެވެ.

ފެނަކައިން އެހެން ބުނިއިރު، އޭސީސީން މިހާރުވެސް ކުރީގެ އެމްޑީ އަޙްމަދު ސަޢީދަށް ތުހުމަތުވާ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް ބަލަމުންނެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮޑިޓަރު ޖެނެރަލް ނެރުއްވި ފެނަކައިގެ ރިޕޯޓްގައި ސައީދުގެ އެމްޑީ ކަމުގައި ހިންގި 2.2 ބިލިއަންގެ ބޮޑު ހިޔާނާތް ވަނީ ހާމަވެފަ އެވެ.

އެގޮތުން ސަޢީދާއި އާއިލީ ގޮތުން ގުޅުން އޮންނަ ތިން ކުންފުންޏަކަށް ވާދަވެރި ބީލަމެއްގެ ޕްރޮސެސް އިން ބޭރުން މުޅި ޖުމްލަ 92 އެއްބަސްވުމެއްގެ ދަށުން 49.7 މިލިއަން ރުފިޔާގެ އެއްބަސްވުން ހެދިކަން ވެސް ވަނީ ފަޅާއަރާފައެވެ.

އެއީ ޝެލްޓާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއި ޕަަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުނި އަދި ކޮރަލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އެވެ.

ރިޕޯޓްގައިވާ ގޮތުން މީގެ ތެރެއިން ދެ ކުންފުންޏަކީ ސައީދުގެ ޅިޔަނުންގެ ކުންފުނިތަކެވެ. އަދި އަނެއް ކުންފުންޏަކީ ޅިޔަނެއްގެ ދަރިއެއްގެ ކުންފުންޏެކެވެ. އެގޮތުން އެ ތިން ކުންފުންޏަށް އެކަނި ވެސް މުޅި ޖުމްލަ 31 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ރިޕޯޓުން ދައްކައިފައިވެއެވެ.

އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވެ، ހަތަރު އަހަރަށް ސަޢީދު ވަނީ ޖަލަށް ވެސް ލާފައެވެ. އެގޮތުން ސައީދުގެ މައްޗަށް ދައުވާކުރީ ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާއެކު ފެނަކައިން ހެދި އެއްބަސްވުމެއްގެ މައްސަލައިގަ އެވެ. ދައުވާގައިވާ ގޮތުން އެ ކުންފުންޏާ ހަވާލުކުރި މަސައްކަތް އެކީ ނުނިންމަނީސް، އަދި މަސައްކަތް ފުރިހަމަކުރިކަން ކަށަވަރުނުކޮށް، އެ މަސައްކަތަށް ދޭންޖެހޭ ފައިސާ ފެނަކައިން ބްލޭޒަން އިންކަށް ދޫކޮށްފައިވާ ކަމަށެވެ. 

މި ފައިސާ ދޫކުރުމުގެ ސަބަބުން ފެނަކައަށް 848,000ރ (އަށް ލައްކަ ސާޅީސް އަށް ހާސް ރުފިޔާ) ގެ ގެއްލުމެއް ލިބިފައިވެ އެވެ. އެގޮތަށް މަސައްކަތް ނުނިމެނީސް ފައިސާ ދޫކުރުމަކީ އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް ހިންގާފައިވާ އަމަލަކަށްވާތީ އެ މައްސަލާގައި ދައުވާކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.