މާލޭގައި 3000 ފްލެޓް އަޅަން މި އަހަރު ފަށާނަން: ރައީސް
މާލޭގައި 3000 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއުއެއް މި އަހަރު ނިމުމުގެ ކުރީން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އެކަން އިއުލާނު ކުރެއްވީ މިރޭ ކުރިއަށް ދިޔަ ކޮންގްރެސް ޖަލްސާއަށް ވަޑައިގެން ހާޒިރިންނާއި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހިކަމުގެ ވައުދު ކަމަށެވެ. އެ ވައުދުފުއްދަވާނެ ކަމަށް މިރޭވެސް ވިދާޅުވި އެވެ.
އެގޮތުން ވިދާޅުވީ މާލޭގައި 3000 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއުއެއް މި އަހަރު ނިމުމުގެ ކުރީން ފައްޓަވާނެ ކަމަށެވެ.
"މާލޭގައި އެންމެ މަދުވެގެން ތިންހާސް ހައުސިން ޔުނިޓްގެ މަޝްރޫއުއެއް މި މާލެ ސިޓީގައި މި އަހަރު ނިމުމުގެ ކުރީން އަޅުގަނޑުމެން ފަށާނަން," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި އަޅުއްވާނެ ކަމަށް ކުރީން އިއުލާނު ކުރެއްވި 4,000 ހައުސިން ޔުނިޓްގެ މަޝްރޫއު ވެސް ކުރިއަށްދާނެ ކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists