ސުމޫދް ފްލޮޓިއްލާގެ ބޯޓެއްގައި ބައިވެރިން ޙިސާރުކޮށްގެން
ދުނިޔެ
02 Oct 2025 | 10:34
ސުމޫދް ފްލޮޓިއްލާގެ 13 ބޯޓު ހިސާރުކޮށް އެ ބޯޓުތަކުން 162 ބައިވެރިން، ނިރުބަވެރިން ހައްޔަރުކޮށްފި

ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ 13 ބޯޓެއް ހިސާރުކޮށް، އޭގެން ދަތުރުކުރި 162 މެންބަރަކު އިޒްރޭލުން ހައްޔަރުކޮށްފިއެވެ.

ގްލޯބަލް ސުމޫދު ފްލޮޓިއްލާގައި ރާއްޖޭގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވަމުންދާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރި އަޒްހަދު އަޙްމަދު ވިދާޅުވީ، ރޭ ނިރުބަވެރިން ސުމޫދް ފްލޮޓިއްލާގެ 13 ބޯޓެއް ޙިސާރުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ބޯޓުތައް ޙިސާރުކުރުމުގެ ކުރިން، އެބޯޓުތައް ވަށައި ދުއްވައި، ސިގްނަލުތައް ޖޭމުކޮށް، ކަނެކްޝަންތައް ކަނޑައި އެ ބޯޓުތައް އަމާޒުކޮށް ފެން ވެސް ޖަހައިފައިވާ ކަމަށް ވެސް އަޒްހަދު ވިދާޅުވިއެވެ.

އަޒްހަދު ވިދާޅުވި ގޮތުގައި އެ ބޯޓުތަކުން ހައްޔަރުކުރި 162 މެންބަރުންގެ ތެރޭގައި 25 ޤައުމެއްގެ ރައްޔިތުން ހިމެނެއެވެ. 

މުޅި ޖުމްލަ 44 ބޯޓު ހިމެނޭ އެ ފްލީޓުން 13 ބޯޓު ހައްޔަރުކުރި ނަމަވެސް، މިވަގުތު ވެސް ބާކީ އޮތް 30 ބޯޓެއް ޣައްޒާއަށް މިސްރާބުޖަހަމުންދާކަމަށް ވެސް އަޒްހަދު ވިދާޅުވިއެވެ. އަދި އެއްވެސް ހުރަހެއް ނެތި އެ ބޯޓުތަކަށް ދަތުރުކުރެވިއްޖެނަމަ ކުރިޔަށް އޮތް ފަސް ގަޑިއިރުގެ ތެރޭގައި އެ ބޯޓުތައް ޣައްޒާގެ އަތިރިމައްޗަށް ކައިރިކުރާނެ ކަމަށް ވެސް އަޒްހަދު ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި ގްލޯބަލް ސުމޫދު ފްލޮޓިއްލާގައި އައިއޭސީގެ ފަރާތުން ދަނީ ޢަމަލީ ގޮތުން ވެސް ހަރަކާތްތެރިވަމުންނެވެ. އެގޮތުން އައިއޭސީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޝާޒު (ބޮޑޭ) ވަނީ އެ ފްލޮޓިއްލާގެ އޮބްޒާވަރުންގެ ބޯޓުގައި ފްލީޓާއެކު ދަތުރުކޮށްފައެވެ. އެހެން ނަމަވެސް އެ ބޯޓުތަކަށް އިޒްރޭލުގެ ނިރުބަވެރި ސިފައިން އަރާނެކަން ޔަގީންވުމުން ޝާޒް ހިމެނޭ އޮބްޒާވަރުންގެ ޓީމު ވަނީ ސައިޕްރަސްއާ ދިމާލަށް މިސްރާބު ޖަހައިފައެވެ.

މި ފަހަރު ވެސް އެ ބޯޓުތައް ހިސާރުކޮށްފައިވަނީ ޣައްޒާ އާއި ގާތްގަޑަކށް 70 ނޯޓިކަލް މޭލު ބޭރުން، އިޒްރޭލުގެ ބާރު ނުހިނގާ ސަރަޙައްދަކުންނެވެ. އެހެންކަމުން އެކަމަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާއި މުޅިން ޚިލާފު ކަމެކެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާ ޣައްޒާއަށް ދަތުރުކުރަނީ އިޒްރޭލުން ޣައްޒާގެ މައްޗަށް އަޅާފައިވާ ބްލޮކޭޑަށް ގޮންޖެހުމުގެ ގޮތުންނެވެ. މީގެ ކުރިންވެސް ޣައްޒާއަށް ދަތުރުކުރި ފްލޮޓިލާތައް މެޑިޓަރޭނިއަން ކަނޑުގެ މިފަދަ ސަރަހައްދުތަކުގައި އިސްރާއީލުން ވަނީ ހުއްޓުވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް