ސުމޫދް ފްލޮޓިއްލާގެ ބޯޓުތައް އޮބްޒާވްކުރަނީ
ދުނިޔެ
02 Oct 2025 | 12:41
ސުމޫދް ފްލޮޓިއްލާގެ 21 ބޯޓެއް ހިސޯރުކޮށްފި، ބާކީ 13 ބޯޓު

ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ 21 ބޯޓެއް އިޒްރޭލުގެ ޔަހޫދީ ނިރުބަވެރި ސިފައިން ހިސޯރުކޮށްފިއެވެ. 

ސުމޫދް ފްލޮޓިއްލާގެ ޓެރްކާއިން ދައްކާ ގޮތުން، ރޭ އިޒްރޭލުން ހިސޯރުކުރި 13 ބޯޓުގެ އިތުރަށް މިހާރު ވަނީ އަށް ބޯޓެއް ހިސޯރުކޮށްފައެވެ. އަދި އޭގެ އިތުރު 10 ބޯޓު ހިސޯރުކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް އެ ޓްރެކާއިން ދައްކައެވެ.

މުޅި ޖުމްލަ 44 ބޯޓު ހިމެނޭ އެ ފްލީޓުން މުޅި ޖުމްލަ 31 ބޯޓު އިޒްރޭލުން ހިސޯރުކޮށްފައިވާކަމަށް ބެލެވުނު ނަމަވެސް، ބާކީ އޮތް 13 ބޯޓު ޣައްޒާއަށް ދަނީ މިސްރާބުޖަހަމުންނެވެ. އެ ބޯޓުތަކުގެ ތެރެއިން ގެ މިކޭނޯގެ ބޯޓު ޣައްޒާގެ ކަނޑުގެ ސަރަޙައްދުތަކަށް މިހާރު ވަނީ ވަދެފައެވެ.

އެ ބޯޓުުތައް ހިސޯރުކޮށް، އޭގެން ދަތުރުކުރާ މީހުން ހައްޔަރުކުރަން އިޒްރޭލުން ފަށައިފައިވަނީ އެ ބޯޓުތައް ޣައްޒާއާއި ގާތްގަޑަކަށް 70 ނޯޓިކަލް މޭލު ކައިރިވުމުންނެވެ. އެ ބޯޓުތައް އިޒްރޭލުން ހިސޯރުކޮށްފައިވަނީ އިޒްރޭލުގެ ބާރު ނުހިނގާ ސަރަޙައްދަކުންނެވެ. އެހެންކަމުން އެކަމަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާއި މުޅިން ޚިލާފު ކަމެކެވެ.

ގްލޯބަލް ސުމޫދު ފްލޮޓިލާ ޣައްޒާއަށް ދަތުރުކުރަނީ އިޒްރޭލުން ޣައްޒާގެ މައްޗަށް އަޅާފައިވާ ބްލޮކޭޑަށް ގޮންޖެހުމުގެ ގޮތުންނެވެ. މީގެ ކުރިންވެސް ޣައްޒާއަށް ދަތުރުކުރި ފްލޮޓިލާތައް މެޑިޓަރޭނިއަން ކަނޑުގެ މިފަދަ ސަރަހައްދުތަކުގައި އިސްރާއީލުން ވަނީ ހުއްޓުވާފައެވެ. 

މި މުޅި ހަރަކާތުގައި 44 ޤައުމަކުން ގާތްގަޑަކަށް 500 އެއްހާ މީހުން ބައިވެރިވެއެވެ. އޭގެ ތެރޭގައި  އައިއޭސީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޝާޒު (ބޮޑޭ) ވަނީ އެ ފްލޮޓިއްލާގެ އޮބްޒާވަރުންގެ ބޯޓުގައި ފްލީޓާއެކު ދަތުރުކޮށްފައެވެ. ބެލެވޭ ގޮތުގައި ޝާޒް ހުރި ބޯޓު މިހާރު ވަނީ ސައިޕްރަސްއަށް ދިޔުމަށް މިސްރާބުޖަހައިފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް