ރައީސް ސޯލިހް
ހަބަރު
02 Oct 2025 | 14:49
ފެނަކަ އޯޑިޓް ރިޕޯޓަކީ ދަންވަރުގަޑީގައި ނެރުނު ސިޔާސީ ރިޕޯޓެއް: ރައީސް ސޯލިހް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ފެނަކަ ކޯޕަރޭޝަނުގެ އޮޑިޓް ރިޕޯޓަކީ ދަންވަރުގަޑީގައި އޮފީސް ހުޅުވައިގެން ނެރުނު ސިޔާސީ ރިޕޯޓެއްކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ފެނަކަ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ސޯލިހް ވަނީ އެމަނިކްފާނުގެ ވެރިކަމުގައި މިނިވަން މުއައްސަސާތައް މިނިވަންކަމާއެކު ހިންގެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި ވަރަށް ރަނގަޅު މިސްރާބަކަށް ގެންދެވުނުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އޮޑިޓް އޮފީހުގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި އިމާވެފައިވާ ގޮންޖެހުންތައް ބަލައި، އޮޑިޓް އޮފީހުގެ އިމާރާތް އެޅުމަށް ބިމާއި، އަދި ތަނުގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ އިތުރުން ބަޖެޓްވެސް ބޮޑުކޮށްދީފައިވާނޭކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މިނިވަން މުއައްސަސާތަކަށް ހޯދައިދިން މިނިވަންކަން އަދުގެ ސަރުކާރުން ނިގުޅައިގަނެފައިވާކަމަށެވެ. އެގޮތުން މިއަދު ސަރުކާރުން މިނިވަން މުއައްސަސާތައް ބޭނުންކުރަނީ ކަންބަޅިބަކަރި ގުރުބާންކުރާ އުސޫލުންކަން ރައީސް ސޯލިހްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި އެމަނިކްފާނަށް ޖަވާބުދާރީވެ ވަޑައިނުގެންނެވޭނޭ އެއްވެސްކަމެއް ހިންގާފައި ނުވާނޭކަމަށެވެ. 

ފެނަކަ އޮޑިޓް ރިޕޯތަކީ ވަރަށްބޮޑަށް ސިޔާސީ މަގްސަދެއްގައި އަދި ކަމުގެ މައުލޫމާތު ރައްޔިތުންނަށް ވަރަށްބޮޑަށް އޮޅޭގޮތަށް ނެރެފައިވާ ރިޕޯޓެއްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާއި، އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ފެނަކައިގެ ކަންކަން އަޅައި ނުކިޔޭނޭކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ވަރަށް ފުޅާދާއިރާއެއްގައި ކޮށްފައި އޮތްކަމެއް ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ނުއަގުގައި ފަޅުރަށްތައް ވިއްކައި އެއިން ލިބުނު މަންފާ އަމިއްލައަށް ބޭނުންކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަޮށްފައި އޮތީ ފެނަކައިން ހިންގާފައި އޮތީ 2.2 ބިލިއަން ރުފިޔާގެ ކޮރޮޕްޝަނޭ. އެ ރިޕޯޓްގެ ތަފްސީލަށް ބައްލަވާލެއްވީމައި އެނގޭނެ، މި ދައްކަނީ ފެނަކައިން ގަތް މުޅި ހުރިހާ އެއްޗެއްގެ ޖުމްލަ އަދަދުގެ ވާހަކަ. މީގެ ތެރެއިން ސިންގަލް ސޯސްކޮށް، ވަކި ފަރާތަކަށް ސިޓީ ފޮނުވައިގެން ގަނެފައި މ އޮްނަނީ 600 ވަރަކަސް މިލިއަން ރުފިޔާގެ ތަކެތި. އެއީވެސް އެތަނުގެ ތެރޭގައި ހަދާފައިވާ އުސޫލްތަކުގެ ތެރެއިންކަަމަށް ވަނީ

ރައީސް ސޯލިހް ވިދާޅުވިއެވެ

ރައީސް ސޯލިހް ވިދާޅުވީ ސިޔާސީ މަގްސަދެއްގައި ފެނަކައިގެ އޮޑިޓް ރިޕޯޓް ނެރުމުގެ ނަތީޖާއަކީ އެތައްބައެއްގެ އަބުރުކަތިލެވިގެން ދިއުންކަމަށާއި ހިޔާނާތެއް ވެފައި އޮތްނަމަ އެކަން ބަލަންވީކަމަށެވެ. އެގޮތުން ޖަާބުދާރީވާން ނުދެވޭނެ އެއްވެސް މުއައްސަސާއެއް ނޯންނާނޭކަމަށް ރައީސް ސޯލިހް ވަނީ ވަރަށް ޔަގީންކަމާއެކު ވިދާޅުވެފައެވެ.

އޮޑިޓަރ ޖެނެރަލް މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ނެރުއްވި ފެނަކައިގެ 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ މާލީ މުއާމަލާތްތަކާއި ގުޅޭ ތަފްސީލް ރިޕޯޓްގައި ވާގޮތުން ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން 1.3 ބިލިއަން ރުފިޔާގެ އެއްބަސްވުން ހަދާފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން މި މުއްދަތުގައި 2.2 ރުފިޔާގެ އެއްބަސްވުން ފެނަކައިން ހަދާފައިވެ އެވެ. އޭގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ މުދަލާއި ހިދުމަތް ހޯދުމަށް ހަވާލުކޮށްފައި ވަނީ އާންމު ބީލަމުގެ އުސޫލުން ބޭރުން ކަމަށް ވަނީ ބުނެފަ އެވެ.

މި އެއްބަސްވުންތައް ހެދީ ދެތިން ފަރާތަކުން އަގު ހޯދައިގެން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އޮޑިޓްގައިވާ ގޮތުން އާންމު ބީލަމުގެ އުސޫލުން ބޭރުން ހޯދާފައިވާ މުދަލާއި ހިދުމަތްތަކަށް ބަލާއިރު 439 އެއްބަސްވުމެއްގެ ދަށުން ހޯދި މުދަލާއި ހިދުމަތް ހިމެނެ އެވެ. އެއީ ކަރަންޓް ކޭބަލް ގަތުމާއި ޖަނަރޭޓަރު ސެޓްތައް ގަތުމާއި ޓްރާސްފޯމަރު ގަތުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ އެކި މަސައްކަތްތައް ހެދި އެއްބަސްވުން ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް
ދޮންދުބުރިމާ
މިނިވަންއޮޑިޓަރ ރިޕޯޓް ނެރުނީމާ ރައީސް ކަން ކުރައްވާފައި ހުންނެވި ބޭފުޅަކު މިހެން ވިދާޅުވާ ނީ އަސްލު ވެސް މިބޭފުޅާ ސިޔާސީ ވެގެން ވަރަށް ސަލާމް
02 Oct 2025
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.