ނޭޝަނަލް ސާފިންގް ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލެއްވުން --
ހަބަރު
02 Oct 2025 | 20:18
ނޭޝަނަލް ސާފިންގް ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ތަރައްގީ ކުރަމުންދާ ނޭޝަނަލް ސާފިންގް ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފި އެވެ.

މިއަދު ހަވީރު އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން އަދާހަމަ މައުލޫމާތު ހޯއްދަވައި، މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ. އެ މަނިކުފާނުގެ އަރިހުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، އަބްދުﷲ ރާފިޢު ވަޑައިގެންނެވިއެވެ.

ނޭޝަނަލް ސާފިންގް ސްޓޭޑިއަމްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

ބައިނަލްއަގްވާމީ ފެންވަރުގެ މި ސްޓޭޑިއަމް ތަރައްގީ ކުރަމުންދަނީ، ކުޅިބަލާ ސަރަހައްދަކާއި، ރޮސްޓްރަމް، މީޑިއާ ސަރަހައްދު، ކޮމެންޓްރީ ބޮކްސް، ކެމެރާ ޑެކް، އޮބްޒަރވޭޝަން ކޯނާ، ޖިމް، ޓެރަސް، މަލްޓިޕާޕަސް ހޯލް އަދި ކޮންފަރަންސް ރޫމާއި ޓެރަސް އަދި އެނޫންވެސް ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށެވެ. މި މަސައްކަތް ފުރިހަމަކުރެވުމުން، ރާއްޖޭގައި ބާއްވާ ރާޅާއެޅުމުގެ ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުވެ، މޫދު ކުޅިވަރުގެ ދާއިރާއިން އިތުރު ކުރިއެރުން ހޯދުމަށް މަގުފަހި ވެގެންދާނެ އެވެ.

ކުޅިވަރާއި ހަށިހެޔޮކަމަކީ، އަދުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ދާއިރާއެއް ކަމަށް ސަރުކާރުން ބުނެ އެވެ. މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބައިނަލްއަގްވާމީ ފެންވަރުގެ ސާފިން ސްޓޭޑިއަމެއް ގާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.