އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް މަހާޖައްރާފު ކައިރީ
ހަބަރު
03 Oct 2025 | 02:51
މަހާޖައްރާފު މަރާމާތު ކުރުމަށް އެތައް ގުނައެއް އިތުރަށް ފައިސާ ހަރަދުކުރި މައްސަލައެއް

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީން ބިން ހިއްކުމަށް ގެންގުޅޭ އެންމެ ބޮޑު ކޮންނަބޯޓް، މަހާޖައްރާފު މަރާމާތު ކުރުމަށް އެތައް ގުނައެއް އިތުރަށް ފައިސާ ހަރަދުކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެމްޓީސީސީން މިރޭ ބުނީ މަހާޖައްރާފަށް ލިބުނު ގެއްލުންތަކަކާއި ގުޅިގެން 2022 ވަނަ އަހަރު މަރާމާތަށް ދުބާއީ ޑޮކްޔާޑުން ހިދުމަތް ހޯދި ކަމަށެވެ. ނަމަވެސް އެ ފަހަރު މަރާމާތުކުރުމަށް އެކަށީގެންވާ އަގަށް ވުރެ އެތައް ގުނައެއް އިތުރަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަރަދުކޮށްފައިވާކަން ކުންފުނީގެ އިންޓާނަލް އޮޑިޓަށާއި ޑިރެކްޓަރުންގެ ބޯޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެން ކަމުން މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަން ތަހުގީގުކޮށް ދިނުމަށް އޭސީސީގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ.

އަދި އެކަން ހިއްސާދާރުންގެ މައުލޫމާތަށްޓަކާ ހާމަކުރާ ކަމަށް ބުނެފައިވެ އެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި  މަހާޖައްރާފު ބަނދެފައިވަނީ ނެދަލެންޑްސްގެ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގައެވެ. އެމްޓީސީސީގެ މި ކޮންނަ ބޯޓަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ހުރި އުޅަނދެކެވެ. މި އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުންނައިރު، މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވެއެވެ. މިއީ ބިން ހިއްކުމަށް ބޭނުން ކުރާ އެންމެ ޒަމާނީ އުޅަނދުތަކުގެ ވެސް ސްޕެސިފިކޭޝަންއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެމްޓީސީސީގެ އަތުގައި މިވަގުތު އޮތް އެންމެ ބޮޑު އެސެޓަކީވެސް ޒަމާނީ ކޮންނަ ބޯޓް މަހާޖައްރާފެވެ. އެ އުޅަނދު އެމްޓީސީސީގެ މިލްކިއްޔާތަށް ގެންނަން 36 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެ ކުންފުނިން ވަނީ ޚަރަދުކޮށްފައެވެ.

އެ އުޅަނދާއެކު ކުންފުނީގެ މަސައްކަތް އެތައް ގުނައެއް ހަލުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.