އަދާލަތު ޕާޓީގެ އިލްމުވެރީންގެ ރައީސްގެ ޑރ. އިލްޔާސް ހުސައިން --
ހަބަރު
03 Oct 2025 | 16:20
މިރޭގެ މުޒާހަރާއާ އިލްޔާސް ދެކޮޅު، އަދާލަތު ޕާޓީ މެންބަރުން ނެރެނީ އޮޅުވާލައިގެން

އިދިކޮޅު މައި ޕާޓީ -- އެމްޑީޕީން މިރޭ ސަރުކާރާއި ދެކޮޅަށް ބާއްވާ މުޒާހަރާގައި އަދާލަތު ޕާޓީން ބައިވެރިވާތީ އެކަމާއި އެ ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ރައީސް ޑރ. އިލްޔާސް ހުސައިން ދެކޮޅު ހައްދަވައިފި އެވެ.

އަދާލަތު ޕާޓީގެ ކޮމިއުނިޓީ ގުރޫޕްގައި އިލްޔާސް ކުރެއްވި މެސެޖެއްގައި ވަނީ މިރޭގެ މުޒާހަރާގައި އަދާލަތު ޕާޓީން ބައިވެރިވާތީ އެކަމާއި ސުވާލުތަކެއް އުފައްދަވާފަ އެވެ. އިލްޔާސް ވަނީ ސަރުކާރު ޒިންމާދާރު ކުރުވުމަށް އަދާލަތު ޕާޓީ ބަސްބުނަން ޖެހެނީ ވަކި ޕާޓީއެއްގެ ފަހަތުގައި ނިވާވެ އޮވެގެންތޯ ސުވާލު ކުރައްވާފަ އެވެ.

އަދި މިކަން އަދާލަތު ޕާޓީގެ މެންބަރުންނަށް ހާމަކޮށްނުދީ އޮޅުވާލައިގެން ކަންކަން ކުރިއަށް ގެންދިއުން ހުއްޓާލަން ނުޖެހޭތޯ ސުވާލު ކުރެއްވި އެވެ. ޝެއިހްގެ އެ މެސެޖަށް ބައެއް މެންބަރުން ވަނީ ތާއީދު ކުރައްވާފަ އެވެ.

މިރޭ އޮންނަ މުޒާހަރާގައި ބައިވެރިވާން އަދާލަތުން ނިންމީ އެ ޕާޓީގެ ރައީސް އިމްރާންގެ ނުފޫޒުގައި އަދާލަތުގެ ރަސްމީ އެއްވެސް ގުނަވަނަކުން ނިންމައިގެން ނޫން ކަމަށް އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. އެކަމާއި ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުން ވަނީ އުފެދިފަ އެވެ.

ކޮމެންޓް
ކޮރަކަލި
އިލިއާސް ދީނީ ތާކިހާ ބޭލުމަށް ފަހު ސިއާސީ ތާކިހާ އެޅުއްވީތޯ
03 Oct 2025
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.