މިނިސްޓަރު އަހްމަދު ޝިޔާމް --
ހަބަރު
03 Oct 2025 | 17:10
އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ ގޮތް ހުސްވެގެން، އަމާންކަން ނަގާލަން ފުރުސަތެއް ނުދޭނަން: ޝިޔާމް

މިއަދު އެމްޑީޕީއިން ކުރިޔަށް ގެންދާ މުޒާހަރާ އަކީ ގޮތް ހުސްވެގެން ގައުމުގެ އަމާންކަން ނަގާލާ މަގުތައް ހަލަބޮލިކުރުމުގެ ނިޔަތުގައި އަމިއްލަ ސިޔާސީ މަގްސަދެއް ހާސިލްކުރަން ބާއްވާ ހަރަކާތެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އޭރު ކުރަމުންދިޔަ ވައްކަންތަކުގެ ވާހަކަ އެ ބޭފުޅުން ގެން ދިޔައީ ކެނޑިނޭޅި މަޖިލީހުގައި ދައްކަމުން ކަމަށެވެ.ކޮވިޑުގެ ބަލިމަޑުކަންވެސް އެމްޑީޕީއަށް ވީ ވައްކަންކުރަން ލިބުނު ރަނުގެ ފުރުސަތަކަށް ކަމަށާ ވެންޓިލޭޓަރުން ކުރީ ވެސް ވައްކަން ކަމަށެވެ.

"...އެޅި ކޮވިޑް ފެސިލިޓީތަކުން ކުރީ ވައްކަން. ފެސިލިޓީތަކަށް ކޭޓާ ކުރުމުގައި ވެސް ކުރީ ވައްކަން. އެންމެ ކުޑަމިނުން މާސްކުން ވެސް ކުރީ ވައްކަން. މަގު ހެދުމުން ކުރީ ވައްކަން. ހޮސްޕިޓަލްތައް އެޅުމުގެ ނަމުގައި ކުރީ ވައްކަން. ކުނި މެނޭޖްކުރާ ސެންޓަރުތައް ހެދުމުގެ ނަމުގައި ކުރީ ވައްކަން. މިހެންގޮސް ކިޔާނެ ކަމެއް ނެތް، ވައްކަން ނުކުރާ ހަމަ އެއްވެސް ދިމާލެއް އޭރަކު  ނެތް,"

ޝިޔާމް ވިދާޅުވީ ފެނަކައިން އޭރު ކުރަމުން ދިޔަ ވައްކަންތައް ފިއްކަނޑައިގެންދާވަރު ކަމަށެވެ. އަދި މަޖިލީހުން ދެ ފަހަރެއްގެ މަތިން އެ މައްސަލަތައް ބަލަން މަސައްކަތްތަކެއް ކުރެވުނު ކަމަށް ވިދާޅުވި އެވެ. ނަމަވެސް ރައީސް ސޯލިހް ވަނީ އެކަން މަޖިލިސް ތެރެއިން ހުއްޓުވާފައި ކަމަށް ވިދާޅުވި އެވެ. އަދި އޭސީސީގެ މެންބަރުން ބަދަލުކުރިކަން ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީ ސަރުކާރުގެ ފަސް އަހަރު އެކަނި 64 ބިލިއަން ރުފިޔާގެ ދަރަނި އުފެއްދިއިރު ވެރިކަން ނިންމާލީ މަސްވެެރިންނަށް 250 މިލިއަން ނުދައްކާ ކަމަށާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުނޑާލާ ދިވެހި ވިޔަފާރިތަކަށް 8 ބިލިޔަން ރުފިޔާ ދައްކަން އޮތް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"... މިއަދު ޑޮލަރަށް މިއަރާ ބާރަކީ އޭރު އެތައް ބިލިއަނުން ފައިސާ ޗާޕުކުރުމުގެ ނަތީޖާ. ތަކެތީގެ އަގުބޮޑުވެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ އާއިލާތައް ނިކަމެތިވެ ގައުމުގެ އިޖުތިމާއީ ފޭރާން އެއްކޮށް ވީދާ ކުދިކޮށްލި,"

ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަތުވީ އިގްތިސާދީ ހުސް ތޮށިގަނޑެކެވެ. އަދި ފައިސާ ޗާޕްނުކޮށް މި ހާލަތުން އަރައިގަނެ ތަރައްގީގެ މަޝްރޫއުތައް ބާރަށް ކުރިޔަށް ދާތަން ބަލަން ތިބުން ވާދަވެރިންނަށް ކެތްވާވަރު ކަމަކަށް ނުވާ ކަމަށެވެ.

"މިއަދު އެމްޑީޕީއިން ކުރިޔަށް ގެންދާ މުޒާހަރާ އަކީ ގޮތް ހުސްވެގެން ގައުމުގެ އަމާންކަން ނަގާލާ މަގުތައް ހަލަބޮލިކުރުމުގެ ނިޔަތުގައި އަމިއްލަ ސިޔާސީ މަގްސަދެއް ހާސިލްކުރަން ބާއްވާ ހަރަކާތެއް," މިރޭގެ މުޒާހަރާއާ ގުޅޭގޮތުން ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވަނީ ވަނީ މި ސަރުކާރުން ގާނޫނު ތަންފީޒު ކުރުމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށާ ގައުމުގެ އަމާންކަންނަގާލާ މަގުތައް ހަލަބޮލިކޮށް ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަން ކުޑަވެސް ޖާގައެއް ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.