އެމްޑީޕީގެ ރޭގެ އެއްވުމުގެ ތެރެއިން -- ފޮޓޯ: ވޮއިސް
ހަބަރު
04 Oct 2025 | 11:33
މުޒާހަރާގެ ތެރެއިން ޔަގީނުން ވެސް 6 މީހަކު ހައްޔަރުކުރި، ވަކީލެއްގެ ޙައްޤުވެސް ދީފައިނުވޭ: އެމްޑީޕީ

ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ކުރިޔަށްގެންދިޔަ އެއްވުމުގެ ތެރެއިން 6 މީހަކު ހައްޔަރުކުރި ކަމަށާއި، ވަކީލެއްގެ ޙައްގު ދީފައިނުވުމުން ދެން ހައްޔަރުކުރި މީހުންގެ އަދަދު އަދިވެސް ކަށަވަރުވެފައިނުވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އާޓިފިޝަލް ބީޗުން ފެށި އެ އެއްވުން ހޫނުވީ، އެ އެއްވުމުގެ ބައިވެރިން މާޖީދީމަގުން ކުރިއަށްދާން އުޅުމުން ފުލުހުން އެ މަގު ބަންދުކުރުމުންނެވެ. ފުލުހުން ރޭ ބުނި ގޮތުގައި އެއީ އެމްޑީޕީއާއެކު ފުލުހުން އެއްބަސްވެފައިވާ ރޫޓްއެއް ނޫނެވެ.

އެއާއެކު ޕެޕާ ސްޕްރޭ އާއި އެލްރާޑް ބޭނުންކޮށް، ޢާންމުންގެ ސަފުތައް ރޫޅުވަން ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ. އެކަމުގެ ތެރެއިން ފުލުހުން ވާޖިބަށް ހުރަސްއެޅިކަމަށް ބުނެ ބައެއް ބައިވެރިން، ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އެމްޑީޕީގެ ރޭގެ އެއްވުމުގެ ތެރެއިން -- ފޮޓޯ: ވޮއިސް

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ރޭގެ މުޒާހަރާގެ ތެރޭގައި ސުލްހަވެރި އާންމުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އެގޮތުން ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި އެތައް ހާސް ބަޔަކު މުޒާހަރާ ކުރިއިރު، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު ނިގުޅައިގަތުމަށް ފުލުހުން ހުރަސްއަޅައިފައިވާ ކަަމަށް އެޕާޓީން ބުންޏެވެ. އަދި މުޒާހަރާގެ ބައިވެރިންނާއި ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ޕެޕާ ސްޕްރޭ އާއި ރަޔަޓް ޝީލްޑް ބޭނުންކުރުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެފައިވާ ކަމަށާއި، އެ މުޒާހަރާގެ ތެރެއިން މަދުވެގެން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

މިހާތަނަށް ހަ މީހަކު ހައްޔަރު ކޮށްފައިވާ އިރު، ފުލުހުން ހައްޔަރު ކުރި ހުރިހާ އާންމުން ވަގުތުން ދޫކޮށްލުމަށް އެމްޑީޕީން ގޮވާލަމެވެ. އަދި ފުލުހުން ހައްޔަރު ކުރި މީހުންގެ ސީދާ އަދަދެއް އަދި ސާފު ނުވި ނަމަވެސް، ގާނޫނު އަސާސީން ހިމާޔަތްކޮށްފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރުން އެއްވެސް ޝަރުތެއް ނެތި ދޫކޮށްލުމަށް ގޮވާލަމެވެ.

އެމްޑީޕީގެ ބަޔާން

އެމްޑީޕީން ވަނީ އެ ފަރާތްތަކަށް ޤާނޫނީ ވަކީލެއްގެ ހައްގު ނުދިނުމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. އަދި ހައްޔަރުކުރި ފަރާތްތަކުގެ އަދަދުތައް ޔަގީންވެފައިނުވަނީ އެކަމުގެ ސަބަބުން ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީން ވަނީ ރޭ ފުލުހުން ޢަމަލުކުރި ގޮތަކީ ސީދާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުންކަން ފާހަގަކޮށް، ޤާނޫނު އަސާސީން ލިބިފައިވާ ޙައްޤު ހަނިކުރާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރޭގެ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރުންނާއި އެ ޕާޓީގެ ކ. މާފުށީ ކައުންސިލުގެ ރައީސް ވެސް ހައްޔަރުކޮށްފައެވެ. އެ މީހުން ދޫކުރި ކަމެއް އަދި ސާފުވެފައެއްނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.