ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު -- ވޮއިސް ފޮޓޯ
ހަބަރު
05 Oct 2025 | 13:46
މުދައްރިސުންނަށް ވުރެ އަބުރުވެރި، ޝަރަފުވެރި އަދި އިއްޒަތްތެރި ބަޔަކު ނުތިބޭނެ: ވަޒީރު

ދުނިޔޭގެ އެއްވެސް ޤައުމެއްގައި މުދައްރިސުންނަށް ވުރެ އަބުރުވެރި، ޝަރަފުވެރި އަދި އިއްޒަތްތެރި ބަޔަކު ނުތިބޭނެކަމަށް ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ މެސެޖުގައި ވަޒީރު އެންމެ ފުރަތަމަ ވެސް ވަނީ މުދައްރިސުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.

ވަޒީރު ވިދާޅުވީ، މުދައްރިސުންނަކީ ޤައުމު ބިނާކުރުމުގެ މޭސްތިރިންކަމަށާއި، އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ޚުލްޤާއި، އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށްދިނުމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތްކުރަނީ މުދައްރިސުން ކަމަށެވެ. އެހެންކަމުން ދުނިޔޭގެ އެއްވެސް ޤައުމެއްގައި މުދައްރިސުންނަށް ވުރެ އަބުރުވެރި، ޝަރަފުވެރި އަދި އިއްޒަތްތެރި ބަޔަކު ނުތިބޭނެކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ވަޒީރު ޝަފީޢު ވިދާޅުވިއެވެ.

އެހެންކަމުން ތަކުރާރުކޮށް އަޅުގަނޑު އަބަދުވެސް ދަންނަވާ ފަދައިން، އެއްވެސް ޤައުމެއްގައި މުދައްރިސުންނަށް ވުރެ އަބުރުވެރި، ޝަރަފުވެރި، އިއްޒަތްތެރި ބަޔަކު ނުތިބޭނެ. އަޅުގަނޑު ދެކެނީ ހަމަ އެގޮޮތަށް.

 ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު

ވަޒީރު ވިދާޅުވީ، މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިއާރުގައި ފާހަގަކުރާ ގޮތަށް، މުދައްރިސުންނަކީ ގުޅިގެން މަސައްކަތްކޮށް، މުދައްރިސުކަމުގެ ފަންނު އިތުރަށް ކުރިއަރުވައި، އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށްޓަކައި މަސައްކަތްކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި އެފަންނު ކުރިއެރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، އެ ދާއިރާގެ މަސްލަހަތުވެރިންނާއި އެކުގައި މަސައްކަތްކުރުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.
02 Aug 2026
އަމާން ޓަވަރުތައް ކައިރިން ކުނި ނަގަން 13.5 މިލިއަން ރުފިޔާ ހަރަދުވެއްޖެ
އެފްޑީސީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަމާން ޓަވަރުތަކުގެ އާއްމު ސަރަހައްދުތަކުން މިހާތަނަށް ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ ނައްތާލެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ އޮކްޓޯބަރު 2025 އިން މާރިޗު 2026 އަށް ނައްތާލެވުނު 3,178 ޓަނުގެ ކުނި އަދި މޭ 2026 އިން ޖޫން 2026 އަށް ނައްތާލެވުނު 1,862 ޓަނުގެ ކުނިއެވެ. އެފްޑީސީން ފާހަގަކުރި ގޮތުގައި އެއް ޓަނުގެ ކުނީގެ މިންވަރަކީ ގާތްގަނޑަކަށް 133 ކޮތަޅު ކުންޏެވެ.
02 Aug 2026
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި
ލަކުޑި ޖެޓީއަށް ގެއްލުން ލިބުނު ހާދިސާއާ ގުޅިގެން، އެ ޖެޓީގެ ސްޓްރަކްޗަރަ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީގެ އުތުރު ފާލަން ވަނީ މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކުރެވިފައެވެ.
02 Aug 2026
ގެއްލުނު ދަރިފުޅު ފެނުނީ އިސްރާއީލު ސިފައިން އާންމުކުރި ފޮޓޯއަކުން
ފާއިތުވި 21 މަސްދުވަހު ވީނުވީއެއް ނޭނގި ގެއްލިފައިވާ ފަލަސްތީނުގެ ޒުވާނަކު، އިސްރާއީލު ސިފައިންގެ މީހަކު އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކުން އޭނާގެ އާއިލާއަށް ފެނިއްޖެއެވެ.
02 Aug 2026
ޢުމްރާއިން އެނބުރި އަންނަ މީހުން ބަލިތަކުން ރައްކާތެރިވުމަށް
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން، އަރިދަފުސް ރޯގާ އާއި ވައިރަލް ހުމުން ރައްކާތެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
02 Aug 2026
ޖޫސްޕެޓީ ކޮތަޅަކަށް މަސްތުވާތަކެތި އަޅައިގެން އުޅެނިކޮށް ހައްޔަރު ކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުދަރެސް / ތ. ދިޔަމިގިލި، ރާޝިދު ޢަބްދުލްމަޖީދު (26އ) އެވެ.
02 Aug 2026
މީގެ 40 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން އިއުލާންކޮށްފި
ގެމަނަފުށީ ކޯޓުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިރިހުރިތޯ ބަލަމުންދަނީ ގއ. ދިޔަދޫ / ތަނޑިރަތްމާގޭ، ހަސަން މުހައްމަދު ކަމަށެވެ. އެހެންކަމުން، އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަން އެނގޭ އެއްވެސް ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން އެ ކޯޓަށް އެންގުމަށް ވަނީ އެދިފައެވެ.