މަޖިލިސް
ހަބަރު
06 Oct 2025 | 11:31
ފުލުހުން އެލް-ރާޑް" ބޭނުންކުރުމާއި ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަތް

މި މަހުގެ 3 ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުން ބޭނުންކުރި ތޫނު އަޑު ފޮނުވާ ހަތިޔާރު ނުވަތަ އެލްރާޑް ބޭނުންކުރި މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ، މަޖިލީހުން ބޭރުކޮށްލައިފިއެވެ.

އެލްރާޑް ބޭނުންކުރި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްއެވެ. މެންބަރު މީކާއިލް ހުށަހެޅުއްވި އެ މައްސަލައިގައި ވަނީ ފުލުހުން އެލްރާޑް  ބޭނުންކުރުމުގެ ސަބަބުން އެ ދުވަހުގެ މުޒާހަރާގައި ބައިވެރިވި ފަރާތްތަކަށާއި އެ ސަރަޙައްދުގައި ދިރިއުޅޭ ޢާންމުންނަށް ސިއްޚީ ގެއްލުންތަކެއް ލިބުނު ކަމަށް ފާހަގަކޮށްފައެވެ.

އެގޮތުން އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމާ މެދު ގޮތެއް ނިންމުމަށް މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތެރެއިން 40 މެންބަރުން ވޯޓު ދެއްވީ އެ ބިލު ބަލައިގަތުމާއި ދެކޮޅަށެވެ. އެ ބިލު ބަލައިގަންނަން ވޯޓު ދެއްވީ 12 މެންބަރުންނެވެ.

އެ މައްސަލަ މަޖިލީހުން ބޭރުކުރި ނަމަވެސް، ފާހަގަކުރެވޭ ގޮތުގައި  "އެލް-ރާޑް" އަކީ ރާއްޖޭގައި މީގެ ކުރިން މުޒާހަރާތައް ކޮންޓްރޯލްކުރަން ބޭނުންނުކުރާ ހަތިޔާރެކެވެ. 

"އެލް-ރާޑް" ނުވަތަ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސްއަކީ ތަންފީޒީ އިދާރާތަކުން ފޯރު ކޮށްދޭންޖެހޭ މުހިންމު މައުލޫމާތުތައް ދުރު ސަރަހައްދަކަށް ފޯރުކޮށްދިނުމަށްޓަކައި ބޭނުންކުރާ މުވާސަލާތީ ވަސީލަތެކެވެ. އެ ވަސީލަތަކީ ލައުޑްސްޕީކަރުން އަޑު ފޯރާ މިންވަރަށްވުރެ ދުރަށް އަޑު ފޯރާނެކަންޔަގީންކުރެވޭ ފަދަ، ބާރުގަދަ ވަސީލަތެކެވެ.

މި ޑިވައިސްގެ ބޭނުން ހިފައި، އެރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ފުލުހުން ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގައި "ހައި ޕިޗް" އޯޑިއޯތަކެއް ބޭނުންކޮށްފައެވެ. އެ އަޑުތަކާއި ގުޅިގެން ވަރަށް ގިނަ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން އެ އަޑާއި ގުޅިގެން ރޭ ފުލުހުން ދިން އިންޒާރުތައް އަޑުނީވުމާއި އަދި ކަންފަތުގައި ރިއްސުން ފަދަ ކަންކަން ކުރިމަތިވިކަމަށް އެރޭގެ މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.