ބަޔަކު އުފާފާޅު ކުރަނީ
ހަބަރު
09 Oct 2025 | 06:59
ދެ އަހަރުތެރޭ 67،000 ޝަހީދުން، ހަނގުރާމަ ހުއްޓާލަން ދެ ފަރާތުން އެއްބަސްވެއްޖެ

ހައްދުފަހަނައަަޅާފައިވާ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލްއާންމު ހުއްޓާލާ ހަމާސްއާއެކު ކުރަމުން އައި ހަނގުރާމަ ނިމުމަކަށް ގެންނަން އިޒްރޭލާއި ހަމާސް އިން ނިންމާ އެކަން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ.

އަނިޔާވެރި، އިންސާނިއްޔަތާއި ހިލާފު އެތައް ޖަރީމާއެއް ހިންގި މި ހަނގުރާމަ ނިމުމަކަށް ގެންނަން މި އެއްބަސްވީ އެމެރިކާގެ ރައީސް ޓްރަންޕް ހުށައެޅުއްވި ޕްލޭނެއްގެ ދަށުންނެވެ. ހަނގުރާމަ ހުއްޓާލަން ހަމާސްއާ އިޒްރޭލުން ވެސް އެއްބަސްވެއްޖެކަން ފުރަތަމަ އިއުލާނު ކުރީ ވެސް ޓްރަންޕެވެ.

އޭގެ ފަހުން ހަމާސްއާ އިޒްރޭލުން ވެސް ވަނީ އެކަން އިއުލާނު ކޮށްފަ އެވެ. މިއީ ފިޔަވަހިތަކަކަށް ބަހާލައިގެން މުޅި ހަނގުރާމަ ހުއްޓާލަން ދެ ފަރާތުން އެއްބަސްވެފައިވާ ޕްލޭނެކެވެ.

މި އެއްބަސްވުމުގެ ދަށުން ޣައްޒާގެ ބޮޑު ސަރަހައްދަކުން ޔަހޫދީ އަނިޔާވެރި ސިފައިން ފައިބާން ޖެހޭނެ އެވެ. އަދި ހަމަލާ ބަދަލު ކުރުން ހުއްޓާލާނެ އެވެ.

މީގެ އިތުރުން ކުށެއް ނެތި އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ އެތައް ހާސް ބަޔަކު މިނިވަން ކުރަން ޖެހެ އެވެ. އޭގެ ތެރޭގައި އިޒްރޭލުން ހިންގި ޝަރީއަތްތަކުގައި ކުށްވެރިވެ ދިގު މުއްދަތުގެ ޖަލު ހުކުމްތައް އިއްވާފައިވާ ފަލަސްތީނުގެ ރައްޔިތުން ވެސް ހިމެނެ އެވެ.

މި އެއްބަސްވުމުގެ ދަށުން މަރުހަލާތަކަކަށް ބަހާލައިގެން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީން މިނިވަން ކުރަން ޖެހެ އެވެ. އެގޮތުން ހަމާސްގެ ބެލުމުގެ ދަށުގައި މިހާރު ތިބި އެންމެންނާއި މަރުވެފައިވާ މީހުންގެ ހަށިތައް ވެސް ހިމެނެ އެވެ.

އޮކްޓޫބަރު 7، 2023 ގެ ދިފާއު ހަމަލާގެ ފަހުން ވަރަށް ބޮޑަށް މަސްރަހު ގޯސްވުމަށް ފަހު ހަމަލާތައް ބަދަލުކުރުން ހުއްޓާލިއިރު ފަލަސްތީނުގެ 67،000 ވުރެ ގިނަ މީހުން / ކުދީން ވަނީ ޝަހީދުވެފަ އެވެ.

ހަނގުރާމަ ހުއްޓާލުމުގެ އިއުލާނާއެކު ފަލަސްތީނާއި ޚާއްސަކޮށް ޣައްޒާގައި ގެންދަނީ އުފާފާޅު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް