ބަންކަރިންގެ ޚިދުމަތް ފެށުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
14 Oct 2025 | 10:51
ބަންކަރިން ޚިދުމަތުން 192 މިލިއަން ރުފިޔާ ލިބިއްޖެ: ސައީދު

މިދިޔަ އަހަރު އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިން ޚިދުމަތުން މިހާތަނަށް 192 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި މި ޚިދުމަތާއި ގުޅޭ ގޮތުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ ޚިދުމަތް މިހާރު ވެސް ނުހުއްޓި ކުރިއަށް ދާ ކަމަށެވެ.

އެގޮތުން ޚިދުމަތް ފެށިތާ އަހަރެއްގެ ތެރޭގައި އެ ހިދުމަތުން ދައުލަތަށް ބޮޑު ފައިދާއެއް ލިބިފައިވާ ކަމަށާއި އެސްޓީއޯގެ ތަފާސްހިސާބުތަކަށް ބަލާއިރު މި ހިދުމަތުން 192.14 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ޓެކުހުގެ ގޮތުގައި ވެސް 17 މިލިޔަނަށްވުރެ ގިނައިން ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު މަޖިލީހުގެ ޖަލްސާގައި -- ފޮޓޯ: މަޖިލިސް

ވަޒީރު ވިދާޅުވީ ބަންކަރިންގެ އާމްދަނީގެ ތެރެއިން 80 އިންސައްތައަކީ ލޯސަލްފާ ފިއުލްއިން ލިބުނު ޓެކްސްކަމަށާއި، އެ ބާވަތުގެ ތެލަކީ މީގެ ކުރިން ރާއްޖެއަށް ގެނެސް ވިއްކި ބާވަތެއް ނޫން ކަމަށެވެ.

އަހަރަކު 400 މިލިއަން ޑޮލަރު އިގްތިސާދަށް ވަންނާނެ ކަމަށް އަންދާޒާކުރި މި ޚިދުމަތަކީ ނެދަލޭންޑްސްގެ "ވިޓޯލް" ކުންފުންޏާއި އެސްޓީއޯއައި ގުޅިގެން ދެމުން އަންނަ ޚިދުމަތެކެވެ. މަތަށް ޙާއްސަކޮށްގެން "އުތުރު އުލިގަމު އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" ގެ ނަމުގައި އައު އިމާރާތެއް ޤާއިމްކޮށްފައިވާއިރު، އެ ޚިދުމަތް ދިނުމަށް އެސްޓީއޯ އާއި ވިޓޯލުގެ އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.

މި ޙިދުމަތް ދިނުމަށް އެސްޓީއޯއިން އަންނަނީ ތިން ބޯޓެއް ބޭނުންކުރަމުންނެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި، އެމްއެސްއެސް އިން އޮޕަރޭޓްކުރަމުން އަންނަ "ވައިސީ ބެރިއާ" ނަމަކަށް ކިޔާ އުޅަނދު ހިމެނޭއިރު، އެ އުޅަނދަކީ މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ އުފުލޭ ބޯޓަކެވެ. 

މީގެ އިތުރަށް އެސްޓީއޯ އިން ވަނީ ބަންކަރިންގެ ޙިދުމަތަށް 4،000 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ބޯޓަކާއި އަދި 3200 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ބޯޓެއް ވެސް ގެނެސްފައެވެ.

ރާއްޖޭގައި މި ޚިދުމަތް ޤާއިމްކުރުމުގެ ކުރިން ރާއްޖެ އޮންނަ "ސަބް އިންޑިޔަން ކޮންޓިނެންޓް"ގައި އެ ޚިދުމަތް ފޯރުކޮށްދެނީ ކޮލޮމްބޯގެ ބަނދަރު އަދި އިންޑިޔާގެ ބަނދަރުތަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.