ޣައްޒާގެ ރަފާޙް ބޯޑަރު
ދުނިޔެ
19 Oct 2025 | 09:30
އަންނަ ހޯމަ ދުވަހު ޣައްޒާގެ ރަފަޙް ބޯޑަރު ހުޅުވަނީ

މިސްރުން ޣައްޒާއަށް ވަދެވޭ ގޮތަށް އޮންނަ ރަފަޙް ބޯޑަރު އަންނަ ހޯމަ ދުވަހު ހުޅުވަން ނިންމައިފައިވާކަން ފަލަސްތީނުގައި ހުންނަ މިސްރުގެ އެމްބަސީން ހާމަކޮށްފިއެވެ.

މިދިޔަ އަހަރުގެ މޭއި މަހުން ފެށިގެން ބަންދުކޮށްފައިވާ ރަފާހް ބޯޑަރު ހުޅުވަން ނިންމައިފައިވަނީ، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޤަތުލްއާންމުގެ ހަމަލާތައް ހުއްޓާލަައިފައިވާ ދަނޑިވަޅުގައެވެ.

އެގޮތުން ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ޣައްޒާގެ އެމްބަސީން އެކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ވަނީ މިސްރުގައި ދިރިއުޅޭ ޣައްޒާގެ ރައްޔިތުންނަށް، އެނބުރި ޣައްޒާއަށް އެތެރެވެވޭނެ ކަން ފާހަގަކޮށްފައެވެ.

އެކަމާއި ގުޅިގެން ރާއްޖެއިން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދޭ އައިއޭސީގެ ޑިރެކްޓަރު މުޙައްމަދު އަލީ (އަދީން) ރޭ ވަނީ، ޣައްޒާ ބޯޑަރު ހުޅުވުމާއެކު ރާއްޖެއިން ޣައްޒާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.

އެގޮތުން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ޕްލޭނެއްގެ މަސައްކަތް މިހާރު ވެސް އެކި ޖަމިއްޔާތަކާއި ޣައްޒާގެ އިސްވެރިންނާއި ގުޅިގެން ކުރަމުންދާ ކަމަށް އަދީން ފާހަގަކުރިއެވެ.

މިހާރު ވެސް އައިއޭސީން ދަނީ ޣައްޒާ އާރާސްތުކުރުމަށް އަދި ޣައްޒާއަށް ކާބޯތަކެއްޗާއި އެހީތެރިކަން ވެއްދުމަށް ބޭނުންވާ ފައިސާ ހޯދަން ޢާންމުންގެ ކިބައިން އެހީތެރިކަމަށް އެދެމުންނެވެ. އަދި އެކަމަށް ވަރަށް ގިނަ ދިވެހީން އެހީތެރިކަން ފޯރުކޮށްދެމުންދާކަން ވެސް ފާހަގަކުރެވެއެވެ.

އައިއޭސީ މެދުވެރިކޮށް ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އައިއޭސީގެ އެކައުންޓް ނަންބަރުތަކަށް ޓްރާންސްފާކުރުމުން ވެސް ފުދޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް